ކޮތަޅަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ރޯ ބިހާއި އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ. މުޙައްމަދު ޢަލީ ވިދާޅުވެއްޖެ އެވެ.
ޑރ. މުޙައްމަދު ޢަލީ މިއަދު ވިދާޅުވެފައިވަނީ، ރޯ ބިހާއި އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުމުން ބައެއް ފަހަރަށް ރޯ ބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ ކަމަށާއި، އެކަމުގެ ސަބަބުން ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށެވެ.
ޑޮކްޓަރ ވިދާޅުވީ ބިސް ގަންނައިރު އެންމެބޮޑަށް ބަލަންވީ ބިހުގެ ބޭރު ރީތިބިސް ގަތުމަށް ކަމަށާއި، ބިސް ދޮވުނު ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާއެއް ލިބުމުގެ ފުރުސަތު ކުޑަކަމަށެވެ.
"ރަނގަޅު ކޮށްލަންވެގެން ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް ކަމަކު ނުދޭ. އެގޮތަށް ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގަ ހުންނަ ޖަރާސީމް ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވޭ." ޑރ. މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.
ޑރ. މުޙައްމަދު ޢަލީ ފާހަގަވެފައިވަނީ ސޯޝަލް މީޑިއާއާ ވަރަށް ރަޙުމަތްތެރި އަދި ސިއްޙީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

އެއްކޮތަޅަށް އެއްޗެހި އަޅަމުން ގޮސް. ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން.
— Dr. Mohamed Ali (@Moxamedalu) May 1, 2023
ބައެއްފަހަރަށް ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވޭ.
ރަނގަޅު ކޮށްލަންވެގެން…
ޑރ. މުޙައްމަދު ޢަލީ ފާހަގަވެފައިވަނީ ސޯޝަލް މީޑިއާއާ ވަރަށް ރަޙުމަތްތެރި އަދި ސިއްޙީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ހިޔާލު