ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްދަދު ދީދީ
ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްދަދު ދީދީ
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި ފުރައްސާރައިން އެމީހުން ރައްކާތެރިކޮށް ހިމާޔަތް ކުރުމުގައި ދައުލަތުގެ ނިޒާމު ފެއިލްވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ނިޒާމު ރިފޯމް ކުރަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްދަދު ދީދީ ވިދާޅުވެެއްޖެ އެވެ.

ދާދިފަހުން ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގެ ފަހުން ރޭޕާއި ޖިންސީ އަނިޔާއި ދެކޮޅަށް މާލެ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ވަނީ ފަށާފައެވެ. ސަފާރީ ރޭޕް ކޭސް އަށްފަހު ޖިންސީ ގޯނާ އާއި ފުރައްސާރައިގެ އެތައް ކޭސްތަކެއް ފެންމަތިވެ ޖިންސީ ގޯނާއާއި ރޭޕްގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި އެ މުޒާހަރާގައި ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެކަންކަމާ ގުޅިގެން މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ފޭސްބުކްގައި ކުރެެއްވި ޕޯސްޓެެއްގައި ވިދާޅުވީ، މި މުޒާހަރާތަކުގެ ބައިވެރިންގެ އަޑު އެކަމަނާއަށް އިވޭ ކަމަށާއި އެކަމަނާ ހުންނެވީ އެމީހުންނާ އެކުގައި ކަމަށެވެ.

"ކަންބޮޑުވުންތައް ހިއްސާ ކުރަން، އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާ އެކުގަ." ޖެންޑާ މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އޮތް ނިޒާމް ފެއިލްްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ނިޒާމުގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް ނުކުޅެދިފައިވާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ނިޒާމް އިސްލާހްކުރަން ޖެހޭ އެކަން އަދި އަވަސް ކުރަން ޖެހޭ. އެގޮތުން ސޯޝަލް ރިފޯމާއި ތަހުގީގުކުރާގޮތާއި ދައުވާކުރާގޮތާއި އަދި އޭގެ ތެރޭގައި ހިމެނޭ ހުރިހާ މަރުހަލާތަކެއް އިސްލާހްކުރަން ޖެހޭ." މިނިސްޓަރު އާއިޝަތު މުހަންމަދު ދީދީ ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ދާދި ފަހުން ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާ ނުވަތަ ރޭޕްގެ މައްސަލައާއި ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ރޭޕްކޮށް ބަލިވެ ބެއިންދި ހާދިސާ ފާހަގަކޮށްލެވެއެވެ.

ރޭޕާއި ޖިންސީ ގޯނާ ފަދަ މައްސަލަތައް މުޖުތަމަޢުގައި ހިނގުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން މިމަހުގެ 15 ހިސާބުގައި ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަން މިނިސްޓަރު ވަނީ ދާދި ފަހުން އިޢުލާން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ރާސް

04-Jul-2020

ސާބަހޭ ކަމަނާ ކުޑަވެސް ލުޔެއް ނުދޭތި އަންހެނަކައްވީތީ އަންހެނުންގެ ހައްގައް އަރައި ގަންނަ އެއްވެސް ޖައްބާރަކައް އެއްވެސް ބޮޑަކައް ނުބަލާތި އިންސާފް ގާއިމްކުރާތި ކަމަނާ އަކީ ފަގީރެއްނޫން ރިސްވަތު ހޯދާކައް ނުޖިހޭނެ ވަޒީފާނެތިގެން ބެކާރީއަކައްނުވާނެ މުޅި ގައުމި މިއޮތީ ކަމަނާގެ ތި މަދައްކަތައް ހިތްވަރު ދިނުމުގަ ވަރުބަލި ކަމެއްނެތި ގޮވާލި ކޮންމެ ވަގުތަކު މުޒާހަރާއައް ދާންވިއަސް އޯކޭ


8

ސަރުބެ

04-Jul-2020

އެއިިީމަކަރު މުޒާހަރާ ހުއްޓުވަން ބުއްޅަބެ ބުނެގެން ޖައްސާ ގޭމެއް


11

ފާތުން

04-Jul-2020

ކުރީގަ ވެސް ކަމަނާ ތިޔަ މިނިސްޓްރީގެ މިނިސްޓީރިއަލް ލެވެލް ގަ މަސައްކަތް ކުރެއްވި. އޭރު މިކަމަށް މަސައްކަތް ކުރެއްވިނަމަ މިހިސާބަކަށް މި ކަމެއް ނައީސް


-2

ދަވާލ19

04-Jul-2020

ސާބަހޭ ކަމަނާ ހަގީގަތް ގަބޫލުކޮށް ހަގީގަތާ ކުރިމަތިލާނީ ރަނގަޅުމީހުން އެއީ ސިޔާސީގޮތުން ކޮމްމެފުކުރަކަށްވިޔަސް


16

ފައިނުއާދަނު

04-Jul-2020

ނިޒާމް.ފެއިލްކޮއްލަނީ ޖެންޑަރ މިނިސްޓްރީ އިން ދެން މިޏިސްޓަރ ކޮންކަމަކާ ތި އުޅުއްވަނީ. ތިތަނަށް ހުށަހަޅާ ކަމެއް ބެލޭގޮތެއް ނޯވޭ


-2

ޙައްވަ

04-Jul-2020

ސާބަހޭ މިނިސްޓަރު. ގަދަ. ހުރިހާ މިނިސްޓަރުން ތިޔަހެން ތިބޭ ނަމަ މިރާއްޖެ ހަމައަކަށް އެޅޭނެ!



ޓްރެންޑިން