އުމުރުން 10 އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެކުއްޖާގެ ދޮންބައްޕަ ހައްޔަރުކޮށްފި އެވެ.

މިއީ މިމަހުގެ އެއްވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލަ އެކެވެ. އެކަން ފަޅާއެރީ 10 އަހަރުގެ ކުއްޖާ ޔޫރިން އިންފެކްޓްވެގެން ޑޮކްޓަރަށް ދައްކަން ދިޔުމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ޑޮކްޓަރަށް ތުހުމަތު ކުރެވިގެން ބެލި ބެލުމުން ކަމަށް އެނގިފައިވެއެވެ.

އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކުރީވެސް ޑޮކްޓަރުންނެވެ. އެމައްސަލާގައި 57 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް މިރޭ ފުލުހުން ވަނީ ބުނެފަ އެވެ. އެކަން ހިނގާފައިވަނީ ސެންޓްރަލް ޑިވިޝަން، ނުވަތަ ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ޒޯންގެ ރަށެއްގައި ކަަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އިތުރު ތަފްސީލެއް އަދި ފުލުހުން ވަކިއެއްޗެއް ހާމައެއް ނުކުރެއެވެ. ޖިންސީ ގޯނާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކަށް އިންސާފު ނުލިބޭ ކަމަށް ބުނެ މިއަދުވެސް ވަނީ މާލޭގައި މުޒާހަރާކޮށްފައެވެ.

މީގެ ކުރީގައި ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ސިދާތާ ޝަރީފަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީވެސް މިފަދަ މައްސަލަތެކެއް ފުލުފުލުގައި ފެންމަތުވެ މަޖިލީހުން ސިދާތާގެ ބޮލުގައި ތުހުމަތު ތަކެއް އަޅުވައި މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓަކާއި ހަމައަށް ގޮސްފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން