ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
މުވައްޒަފުންނަށް މުސާރަ ނުދިނުން އެއީ "އޯކޭ" ކަމެއް ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީން ދިވެހި ބިމުގައި ދިވެހިން ރަހީނުކޮށް މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުނަސް އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުން ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ. ބިދޭސީންގެ ޙައްޤު ހޯދަން ރާއްޖޭގައި ކޯޓްތަކާއި، ހިއުމަން ރައިޓްސް ކޮމިޝަނާ، ލޭބާ ރިލޭޝަން އޮތޯރިޓީ އާއި އަދި މިނޫން ވެސް އެތައް ޤާނޫނީ އިންތިޒާމްތަކެއް ހުންނަ ކަމަށް މިނިސްޓަރު އިއްޔެ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ އިއްޔެ އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ ވާހަކަފުޅަކީ މުސާރަ ނުދީ ބިދޭސީން ގެންގުޅުމަށް ދެއްވި ހިތްވަރެއް ކަމަށާއި، މިނިސްޓަރުގެ ވާހަކަފުޅަކީ ވަރަށް ލާއިންސާނީ ވާހަކަފުޅެއް ކަމަށް ސިފަކޮށްފައެވެ. އެކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދިނުން އެއީ "އޯކޭ" ކަމެއް ކަމަށް ވިދާޅުވެފައި ނޯންނާނެ ކަމަށެވެ. މުސާރަ ނުދިނުން އެއީ ބަޔަކު ރަހީނުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް މިނިސްޓަރު މާރިޔާ މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.

"އަދިވެސް އަޅުގަނޑު ގަބޫލު ކުރަނީ މުސާރަ ނުދިނުމަކީ އަދި އެޗްއާރްސީއެމް އާއި ކޯޓުތަކާއި އިދާރާތަކަށް އިތުބާރު ނުކުރެވުމަކީ ކުށެއް ނެތް ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދިނުން އޯކޭ ވާނެ ކަމެއް ނޫންކަމަށް." މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު މިނިސްޓަރު މާރިޔާ އަށް ފުލުހުންގެ ބަޔަކު އަނިޔާކުރި މައްސަލައިގައި އެޗްއާރްސީއެމް މެދުވެރިކޮށް އިންސާފު ނުލިބުނުކަން ފާހަގަކޮށް މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަނާއަށް އަނިޔާކުރި ކުރުމަކީ "ޖަޒުބާތުގައި ޖެހިގެން" ފުލުހުން ކުރި ކަމެއް ކަމަށް އެޗްއާރްސީއެމް އިން ބުނެ އަދި އެކަން ކުރި މީހުންނަށް އަދަބެއްގެ ގޮތުން ކޯޓުން 200 ރުފިޔާގެ ޖޫރިމަނާއެއް ކުރުން އެއީ އެކަމާ ހިތްހަމަ ނުޖެހިގެން ބަޔަކު ރަހީނުކޮށް މުދަލަށް ގެއްލުން ދޭން ޖެހޭ ސަބަބެއް ކަމަށް އަމިއްލަ ނަފްސަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ބ.އަތޮޅު ބޮޑުފިނޮޅުގައި މުސާރަ ނުދީގެން ކަމަށް ބުނެ ބިދޭސީ މަސައްކަތް ތެރީން ތަކެއް ނުކުމެ ދިވެހި ބަޔަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރު ކޮށްފައެވެ. ނަމަވެސް އެމީހުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ބައެއް މީހުންގެ ނަޒަރުގައި އެހާލަތުގައި ދިވެހީން ދެވަނަ ޖަރައިގެ ބައެއްގެ ގޮތުގައި ރަހީނުކޮށް އަނިޔާ ދިނުމަކީވެސް މައްސައެއް ނޫނެވެ. ހަގީގަތުގައި މިނިސްޓަރ މާރިއާއަށް ބަލައި ނުގެވެނީ މިކަން ކަމަށް ގަބޫލުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން