ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް
ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން އިންސާފު ނުލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެެއްޖެއެވެ.

ރައީސް ޞާލިހް މިކަމަށް އިއުތިރާފުވެ ވަޑައިގެންނެވީ އެމްޑީޕީން ނެރެން ފެށި "ޚަބަރު ސިޓީ" ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ. އެ ލިޔުއްވުމުގައި ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީ އާއި، ތިން ބާރުގެ ހިންގުމަށް ބޮޑެތި ބަދަލުތައް އައިއިރު، ރައްޔިތުންގެ އުންމީދުތަކާ އެއްމިންވަރަކަށް ބަދަލުތައް އައުމަށް އެންމެ ފަހުން ފެށީވެސް އިންސާފު ޤާއިމުކުރުމުގެ ދާއިރާއިން ކަމަށެވެ. ތަފާތު އެތައް ތަޖުރިބާތަކަކަށްފަހު މި ބަދަލުތައް މިހާރު ފެންނާން ފަށާފައިވާކަމީ، ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"މިހެން ދަންނަވާއިރުވެސް އިންސާފު ހޯދައިދީ އަދި އިންސާފު ލިބިދޭނެ ނިޒާމެއް އެންމެ ފުރިހަމަ ގޮތުގައި އުފެއްދުމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްގެން ކުރެވޭނެ ކަމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. މި ބިޔަ ބޮޑު ކަމަކީ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ވަށާ ޖެހުނީމާ ލިބޭ ނަތީޖާއެވެ. ޤާނޫނުތައް އިޞްލާޙްކުރުމާއި، އެކަމަށް ބޭނުންވާ މީހުން އުފެއްދުމާއި، ވަސީލަތްތައް ޤާއިމުކުރުމާއި، ތަމްރީންގެ ފުރުޞަތު ލިބުން ފަދަ ކަންކަމަކީ އެކުއެކީގައި ހިނގާން ޖެހޭ ކަންކަމެވެ" ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ މެންބަރުން، މީގެ ވިއްސަކަށް އަހަރު ކުރިން ކުރާން ފެށި މި ދަތުރު ނިންމާލުމާ ގާތަށްވެސް އަދި ނުދާ ކަމަށާއި، ހުރިހާ ބޭފުޅުން ވެސް އެމްޑީޕީގައި ދެމި ތިއްބެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން އަދިވެސް މި ތިބީ މި ދަތުރު މަތީގައެވެ. މިކަން ކުރުމުގައި އިތުރު ވަކި އެހެން ނިޔަތެއް ނެތި މަސައްކަތް ކުރާނެ ބަޔަކީވެސް އެމްޑީޕީގެ މެންބަރުންނެވެ." ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

ޖުވޭ ވަޖުދީ

04-Jul-2020

އިންސާފު ލިބޭނީ ގިޔާމަތް ދުވަހު އެކަން ޔަގީން ވެއްޖެ މިހާާރު



ޓްރެންޑިން