އެމްޑީޕީގެ ވެބްސައިޓްގައި "ޚަބަރު ސިޓީ" އަލުން ނެރެން ފެށުމުން އެޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ޚަބަރު ސިޓީގެ ނަމުގައި އެމްޑީޕީގެ ޚަބަރާއި މައުލޫމާތު ފެތުރުމުގެ މަސައްކަތް އެމްޑީޕީން އެންމެ ފުރަތަމަ ފަށާފައިވަނީ 2003 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ އެމްޑީޕީ ރަޖިސްޓްރީ ކުރަން އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރުން ހުރަސް އެޅުމުންނެވެ.
ޚަބަރު ސިޓީ ހުއްޓާލާފައި އޮތުމަށްފަހު އެމްޑީޕީ އަށް 15 އަަހަރު ފުރުމާ ދިމާކޮށް ޚަބަރު ސިޓީ މިހާރު ވަނީ އަލުން ނެރެން ފަށާފައެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ޚަބަރު ސިޓީ ނެރެން ފެށުމުން މަރުހަބާ ވިދާޅުވެފައެވެ.
"މުޅިން އަލަށް އަނެއްކާވެސް އެމްޑީޕީގެ ޚަބަރު ސިޓީ، އެމްޑީޕީ އަށް ވަރަށް ބޮޑަށް މަރުހަބާ!" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ޚަބަރު ސިޓީ ނެރުމުގެ ބޭނުމަކީ ސަރުކާރާއި އެޕާޓީގެ ގުނަންތަކުން ކުރާ މަސައްކަތުގެ މައުލޫމާތު ހާމަކުރުން ކަމާއި އެކި ކަންކަމާ ގުޅޭގޮތުން އާންމުން ދެކޭގޮތް ހާމަކުރުން ކަމަށެވެ.

Mulhin alah, anekkaVes MDP khabaru sitee. Marhaba MDP!https://t.co/dkhfTEqgBU pic.twitter.com/t4JJL2d1my
— Mohamed Nasheed (@MohamedNasheed) July 4, 2020
"މުޅިން އަލަށް އަނެއްކާވެސް އެމްޑީޕީގެ ޚަބަރު ސިޓީ، އެމްޑީޕީ އަށް ވަރަށް ބޮޑަށް މަރުހަބާ!" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީން ބުނީ ޚަބަރު ސިޓީ ނެރުމުގެ ބޭނުމަކީ ސަރުކާރާއި އެޕާޓީގެ ގުނަންތަކުން ކުރާ މަސައްކަތުގެ މައުލޫމާތު ހާމަކުރުން ކަމާއި އެކި ކަންކަމާ ގުޅޭގޮތުން އާންމުން ދެކޭގޮތް ހާމަކުރުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު