އިލްޔާސް ހުސެއިން
އިލްޔާސް ހުސެއިން
ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގު ހިންގައި ސަރުކާރުގެ ވުޒާރާތައް ހިންގުމަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ސިފަކުރައްވައިފިއެވެ.

މި ސަރުކާރު ގެނައުމުގައި މަސައްކަތް ކުރެއްވި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްކަމަށްވާއިރު ކޮންމެ ބާރަކަށް ވެސް އަމަލުކުރާނެ މިންތަކާއި އިންތަކެއް ކަނޑައެޅިފައިވާކަމަށެވެ.

ނަމަވެސް ބާރުތައް ކަނޑައެޅިފައި ވަނިކޮން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަ ބަލައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.



އަދި އެކަން ހުއްޓުވަން ޖެހޭކަމަށްވެސް ޝައިހް ވިދާޅުވިއެވެ. އެހެން ބާރުތަކަށް މަޖިލީހުގެ ތެރެއިން ނުފޫޒު ފޯރުވާކަމަށް ޝައިޚް އިލްޔާސް ވިދާޅުވެފައިވާއިރު މަޖިލީހުން ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ބުނެ ގާނޫނުތައް ހަދައި އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގެންދާތީ ޝައިޚް އިލިޔާސް ވަނީ ރައްދު ދެއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންދަނީ، ހައްގުތައް ކަށަވަރު ނުވާކަމަށް ވާހަކަ ދައްކައި، އެ ހައްގުތައް ހޯދައި ދިނުމަށްކަމަށް ބުނެ، އަމިއްލައަށް ގާނޫނު ހަދަމުން އަންނަ މަންޒަރު ކަމަށް އިލްޔާސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


8

ހަލީމަތު ރަހީމާ

05-Jul-2020

ބުނެލަންއޮތީ. ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ވެވުމަކީ ދުނިޔޭގަ ލެއްވިހާ ކަމެއް އެންގުމުގެ ފާހެއްނޫނެވެ . އިސްލާމްދީނާ ސިޔާސަތަކީ ވަކިކުރެވެންނެތް އެކައްޗެކެވެ. އެންމެފުރިހަމަ އެންމެ މަތިވެރި ސިޔާސަތެއް ގެނެސްދީފައިވަނީ އިސްލާމްދީނުގައެވެ.. އެފުރިހަމަ ސިޔާސަތު އިސްލާމްދީން ކިޔަވައިގެން ނޫނީ ނޭނގޭނެއެވެ. އަވަހަށް ދީނީ ޢިލްމުވެރިންގެ އަރިހުން އިސްލާމީ ސިޔާސަތު އުނގެނޭށެވެ. ޢިލްމުވެރިންނާ ނުބެހޭށެވެ. ކިތަންމެ ވަރަކަށް ފުމުނަސް ޢިލްމުވެރިންނާ އަރާ ހަމަނުކުރެވޭނެއެވެ.


-1

ސައުދުﷲ ރަޝީދު

04-Jul-2020

މަނިކުފާނުވެސް ތީ ނުބައިބައިގެ މީހެއްނޫނިއްޔާ ވިސްނެންވާނެ ކޮންމެ ޖަރީމާއެއް ހިންގާފަ ވަނީ މުޅި ދައުލަތް އެކުވެގެންކަން


-14

މޫސާ

04-Jul-2020

ގާނޫން އަސާސީ އަކު ނޯންނާނެ ރައްޔަތުންގެ މަޖިލިސް ގެ ރައީސް ކަމަށް ވަކިބޭފުޅަކު ވަޑައިނަވައިވިއްޔާ 3 ބާރު އެއްކޮށް މަޖިލިސް ތެރެ އަށް ދަމައި ގަންނާކަށް ނަޝީދު އެހައްދަވަނީ އެހެން ނޫންތޯ ހަސަނު ވެސް ވިސްނަވައިފަ ކޮމެންޓް ކުރެއަވުން އެދެވިގެންވޭ


5

ހަސަނު

04-Jul-2020

ތެދުވާހަކަ އެއް މިންޖުވާން ޖެހޭ


6

ހެޔޮވިސްނޭމީހާ

04-Jul-2020

ޝޭހް ގެ ވާހަކަފުޅަށް ވަރަށް ބޮޑަށް ތާއީދު ކުރަން ހަގީގަތުގަ ވެސް ނަޝީދު ގެ ކަންތައް ހައްދުފަހަނަ އަޅައިފި އޭނަ އޮބިއަޅުވަންއެބަޖެހޭ އެހެން ނޫނީ އޭނަ ސޯލިހުގެ ހުރިހަބާރު ތަކެއްވެސް ފޭރިގަންނާނެ މިހާރު އެދަނީ މަނޒަރު ވަރަށް ބޮޑަށް ސާފުވަމުން


3

ޙަސަނު

04-Jul-2020

ޤާނޫން އަސާސީގެ ތިންވަނަ ބާބު ޝައިޚް ރަނގަޅަށް ކިޔުއްވައި ނިޔަތް ތެދުކުރަށްވައި ވިސްނަވާފަ ތިޔަހެން ވިދާޅުވެދާނެ ކަމަކަށް ނުދެކެން.



ޓްރެންޑިން