ތަމްރީނު ޕްރޮގްރާމެއްގައި ރާއްޖޭގެ 50 ސިވިލް ސަރވަންޓުން އިންޑިއާއަށް ފުރައިފިއެވެ.
މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެއްބަސްވުމުގެ ދަށުން ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 5 އަހަރުތެރޭ 1000 ސިވިލް ސަރވަންޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެން.ސީ.ޖީ.ޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސެންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް ފަދަ ތަފާތު ގިނަ ދާއިރާތަކުން ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކުރުމަށް ހަމަޖެހިފައިވެއެވެ.
މި ފަހަރުގެ ޕްރޮގްރާމަށް ފުރި 50 ބައިވެރިންނާއެކު މިހާތަނަށް މި ތަމްރީނު ފުރިހަމަ ކުރި ބައިވެރިންގެ އަދަދު 689 އަށް އަރާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު