އަހަރުގެ މިހާތަނަށް 7 ލައްކައަށްވުރެގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މިމެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 710،645 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 640،730 ފަތުރުވެރިންނެވެ.
އެހެންކަމުން މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު 17.5 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ.
ޗައިނާ މާކެޓަށް ބަލާއިރު، މި މެއިމަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ޗައިނާވަނީ 7.4 އިންސައްތަ ޙިއްސާއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ 6 ވަނައަށް އެންމެ ބޮޑު މާކެޓަށް ވެފައެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ. ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު