ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ގދ.ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.
ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ވަނީ އަތޮޅުތެރޭގައި ދެވޭ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އަތޮޅުތަކުގެ 5 ހޮސްޕިޓަލެއް ޒަމާނީ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ގދ. ތިނަދޫއަށް 2019 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގައި ރައީސް ސާލިހު ވަނީ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް އިތުރު ވަޞީލަތްތައް ޤާއިމުކޮށް އެ ހޮސްޕިޓަލް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގެ ދަށުން ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރެވޭއިރު އިންސާނީ ވަޞީލަތްތަކާއި ޞިއްޙީ ޚިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް އިތުރުކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި މިހާރުހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދެވުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް، ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތަށް އެންމެފަހުން އިތުރުވެގެންދިޔައީ، ތިނަދޫގައި އަލަށް ފެށި ސިއްހީ ހިދުމަތްތަކެވެ. އެގޮތުން އެ ހޮސްޕިޓަލުގައި ވަނީ ލެޕްރޯސްކޮޕިކް ސާޖަރީއާއި އެޑްވާންސް ވޫންޑް ކެއަރގެ ޚިދުމަތް މީގެ ކުރިން ފަށާފައިވާއިރު މިއަދު ވަނީ އެ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފަށާފައެވެ.
ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަ އިރު، ތިނަދޫގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމާގުޅިގެން މި ފަރުވާ ހޯދުމަށް ހުވަދު އަތޮޅުގެ އާއިލާތަކުން ކުރާ ހޭދަ އާއި އުފުލަން ޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.
ތިނަދޫގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ ހުޅުމާލޭ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ކެންސަރު ބައްޔަށް ފަރުވާދިނުމަށް ތަމްރީނު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.
7500 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫގައި ޤާއިމްކޮށްފައިވާ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ފެށީ 2000 ވަނަ އަހަރުއެވެ. ތިނަދޫ މީހުންގެ އިތުރުން، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ބަޔަކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު