އައިޖީއެމްއެޗަށް ގެންދާ ހުރިހާ ޕޭޝަންޓުން ނުވަތަ ބަލިމީހުން ކޯވިޑް-19އަށް ޓެސްޓުކުރުމަށް ނިންމައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ޕޭޝަންޓަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް ކުރިއަށްވުރެ ހަރުދަނާކޮށްފައި ވާކަމަށެވެ.
އެގޮތުން އެހޮސްޕިޓަލަށް ގެންނަ ހުރިހާ ޕޭޝަންޓުންވެސް ކޯވިޑް-19އަށް ޓެސްޓްކުރުމަށް އެހޮސްޕިޓަލުން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ހަމައެއާއިއެކު ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެތެރެއިން އިމަރޖެންސީ ޙާލަތެއްގައި ކޯވިޑް-19އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މަޑުނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތަނުގައިވެސް އިމަޖެންސީ ފަރުވާދޭނެކަމުގެ ޔަގީންކަންދޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
މީގެ އިތުރުންވެސް އައިޖީއެމްއެޗްގެ ބައެއް އެހެނިހެން ޚިދުމަތްތަކަށްވެސް ބަދަލުގެނެސްފައިވާކަމަށް އެހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ. އެހޮސްޕިޓަލުން ބުނީ އައިސީޔޫގައި އޮތް ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާއާއި ކޮންޓެކްޓް ވީ މީހުންނާއި އެވަގުތު އައިސީޔޫގައި ތިބި ހުރިހާ އެންމެން ޓެސްޓުކޮށްފައިވާކަމަށާއި އެއެންމެނާއި ބައްދަލުވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށެވެ.
މީގެއިތުރުން އައިސީޔޫގައި ތިބި މީހުން މިހާރު އެހެން ވޯޑަކަށް ބަދަލުކޮށްފައިވާކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތް ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންނާއި ޝައްކުކުރެވޭ އެހެން މީހުން މިހާރު ޓެސްޓްކޮށްފައިވާ ކަމަށާއި، މިހާތަނަށް ޕޭޝަންޓުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 4 މުވައްޒަފުން ޕޮޒިޓިވް ވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވި އެންމެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ޕޭޝަންޓުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލާފައިވާކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ. އަދި އައިސީޔޫއިން ދޭންޖެހޭ ފަރުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ހޮސްޕިޓަލުގެ އެހެން ސަރަޙާއްދެއްގައި ދެމުންގެންދާނެކަމަށްވެސް އެހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗުގެ ނޫސްބަޔާނުގައިވަނީ ކޯވިޑް-19އަށް އެހޮސްޕިޓަލުގައި މީހުން ޓެސްޓުކުރަމުންދިޔަނަމަވެސް މާލެ ތެރޭގައި މިވަގުތު ކޮމިއުނިޓި ސްޕްރެޑެއް އޮތުމާއެކު ބަލިމީހުން ގާތަށް އެހީތެރިންނާއި އެހެނިހެންވެސް ގޮތްގޮތުން މީހުންވަދެ ނިކުމެވާތީ މިބަލީގެ ބާވަތުން ފުރަތަމަ ހަދާ ޓެސްޓުން ނަތީޖާ ނެގަޓެވިވްވި ނަމަވެސް ފަހުން ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެންކަމުން މިދުވަސްވަރު ހޮސްޕިޓަލަށް އަންނަ މީހުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުން އެއްބާރުލުން ދިނުމަށް އެހޮސްޕިޓަލުންވަނީ އެދިފައެވެއެވެ.
ކޯވިޑް-19އާއި ގުޅިގެން މާލޭގައި ޢިއުލާންކުރި ފުރަބަންދަށް 3 ވަނަ މަރުޙަލާގައި ލުއިތައް ދީފައިވާއިރު މިދުވަސްވަރުވެސް ޢާންމު ސިއްޙީ ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު