މަސްތުވާތަކެތީގެ މައްސަލައެއްގައި ލަންކާގައި ދިވެއްސަކު 7 އަހަރަށް ޖަލަށްލައިފިއެވެ.

ލަންކާގެ "ޑެއިލީ ނިއުސް" ނޫހުން މިއަދު ރިޕޯޓުކޮށްފައިވަނީ، 2018 ވަނަ އަހަރު ދިވެއްސެއްގެ އަތުން އެސްޓަސީ ގުޅަތަކެއް ފެނުނު މައްސަލައެއްގައި ކޮލަމްބޯގެ ހައިކޯޓުން އިއްޔެ އޭނާ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ.

7 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ ޒިދާން އިބްރާހީމް ނަމަކަށް ކިޔާ ދިވެއްސެކެވެ. ޒިދާން ހައްޔަރުކުރީ 2018 ވަނަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހު ދެހިވަލާ ނެދިމަލާ ސަރަހައްދުގައި ލަންކާގެ ފުލުހުންގެ އޯގަނައިޒްޑް ކްރައިމް ޑިވިޝަނުގެ ޚާއްޞަ ޓާސްކު ފޯސްއަކުން ހިންގި އޮޕަރޭޝަނެއްގައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި 7 އަހަރުގެ ޖަލުޙުކުމެއް ދިވެއްސަކަށް އިއްވާފައިވާއިރު މިކަމާ ގުޅިގެން ދިވެހި ފުލުހުން އެއްވެސް ބަހެއްބުނެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން