ބޮޑުފިނޮޅުގައި މަސައްކަތް ކުރި ފަރާތްތަކަށް ފައިސާ ދޫކޮށްފައިވާކަމަށް އެ ރިސޯޓު ތަރައްގީ ކުރާ ފަރާތް ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނި ބުނުން، އެ ރިސޯޓުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ދޮގުކޮށްފިއެވެ.
މި ރިސޯޓު ހަވާލުކޮށްފައިވާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަޤީޤަތާއި ޚިލާފަށް ޢާންމުކޮށްފައިވާ ވާހަކަތައް ކުށްވެރިކޮށްކަމުގެ ޙަޤީޤަތް ހާމަކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބޮޑު ފިނޮޅުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި މަޝްވަރާކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތަށް އެކުންފުނީގެ ފަރާތުން އެއްބާރުލުންދީފައިނުވާ ކަމަށެވެ.
ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ މި މައްސަލައިގައި ދިވެހިންތަކެއް ރަހީނުކޮށްފައިވާކަން ފުލުހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާއިރު، މިފަދަ ބޮޑު މައްސަލައެއް ޙައްލު ކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުން އެއްވެސް ގޮތަކަށް މަސައްކަތްކޮށްފައި ނުވާ ކަމަށެވެ. އަދި އެފަރާތްތަކާ ބައްދަލުކުރެވިފައި ނުވާ ކަމަށް ވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެއެވެ. ސީލް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ބަޔާނުގައި މުވައްޒަފުންގެ މުސާރަ އާއި ގުޅޭގޮތުން ދޮގު މަޢުލޫމާތު ދީފައިވާ ކަމަށްވެސް އެ ކުންފުނިން ބަޔާނުގައިވެއެވެ.
ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ ސީލް މޯލްޑިވްސް އާއި އެކު އެއްބަސްވުމުގައި ދެފަރާތުން މިކަމާ ގުޅޭ ގޮތުން އެއްބަސްވެފައިވާ ގޮތް ހާމަކޮށްފައެވެ.
މި އެއްބަސްވުމުގެ ބައިވެރިން އިތުރުގޮތަކަށް އެއްބަސްނުވާހާ ހިނދަކު ޖުމްލަ މަސައްކަތު އަގުން އުނިކުރާ ގޮތަށް، ސައިޓަށް ފޮނުވާ ކޮންމެ މަސައްކަތު މީހަކަށް ކޮންމެ މީލާދީ މަހަކަށް 7000 (ހަތްހާސް) ރުފިޔާގެ ރޭޓުން ލޭބަރ ޗާޖް ޑިވެލޮޕަރ ދޭންވާނެ ކަމަށާއި ސައިޓަށް ފޮނުވާ ކޮންމެ މަސައްކަތު މީހަކަށް ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 40 ރުފިޔާގެ ރޭޓުން "ފުޑް އެލަވަންސް" ދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކޮންމެ މީލާދީ މަހެއް ނިމުމުން ސައިޓުގައި ތިބި ކޮންޓްރެކްޓަރގެ މުވައްޒަފުންގެ އަދަދު ހިމެނޭ ޝީޓެއް ޑިވެލޮޕަރ އަށް ފޮނުވަންވާނެ ކަމަށާއި އަދި އެޝީޓުގައި މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އެމީހަކަށް ކޮންޓްރެކްޓަރ އަށް "ލޭބަރ ޗާރޖް"އަދި “ފުޑް އެލަވަންސް" ގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތަފްޞީލު ހިމަނައި ޕޭމަންޓް ރިކުއެސްޓެއް ހިމަނަންވާނެ ކަމަށް ވެސް އެއްބަސްވުމުގައި ވެއެވެ. އަދި ކޮންމެ ޕޭމަންޓް ރިކުއެސްޓެއް ފޮނުވާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރ އަށް ޑިވެލޮޕަރ އެޕޭމަންޓް ރިކުއެސްޓާގެ ފައިސާ ހަވާލުކުރަންވާނެ ކަމަށާއި މި އެއްބަސްވުންތަކުގެ ދަށުން މުވައްޒަފުންގެ މުސާރަ އާއި ކެއުމުގެ ކޮއްތުގެ ޚަރަދުގެ ފައިސާ އަކީ ރިޒް ޕްރައިވެޓް ލިމިޓެޑްގެ އިލްތިޒާމެއްނޫންކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަން ފާހަގަކޮށް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނީ އިތުރަށް ފައިސާ ދައްކާފައިވާކަމަށް ސީލް މޯލްޑިވްސްއިން ބުނެފައި ވަނީވެސް ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ކަމަށެވެ.
އެގޮތުން، ދެފަރާތުގެ ދެމެދުގައި 18 ނޮވެމްބަރ 2018 އާއި 21 ޑިސެމްބަރ 2018 ގައި ލިޔުމުން ވެވުނު މަސައްކަތު އެއްބަސްވުންތަކުގެ އިތުރުން ވެސް ދެ ފަރާތުގެ މެދުގައި އިތުރު މަސައްކަތްތައް ކުރުމަށް އެއްބަސްވެ، އެ މަސައްކަތްތައް ކޮށްފައިވާއިރު، މިހާތަނަށް ކޮށްފައިވާ އިންވޮއިސްތަކާއި ފޮނުވާފައިވާ ސިޓީތަކަށް އެއްވެސް ޖަވާބެއްދީފައިނުވާ ކަމަށް ވެސް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. އަދި ކަމުގެ ޙަޤީޤަތް ހާމަކުރުމުގެ ގޮތުން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފޮނުވާފައިވާ ސިޓީތަށް އެކުންފުނިން ވަނީ ބަޔާނާއެކު ޢާންމުކޮށްފައެވެ.
ބ.އަތޮޅު ބޮޑު ފިނޮޅުގައި 02 ޖުލައި 2020 ވަނަ ދުވަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މިކަން ޙައްލު ކުރުމަށް ސީލް މޯލްޑިވްސްއަށް އެތައް ފަހަރެއްގެ މަތިން ރިޒް ޕްރައިވެޓް ލިމިޓެޑުން ގުޅަން މަސައްކަތް ކޮށްފައިވާއިރު، އެކަން ކުރެވޭގޮތް ވެފައިނުވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނު މައްސަލަ އާ ގުޅިގެން 02 ޖުލައި 2020 އިން ފެށިގެން 13 ޖުލައި 2020 އާ ހަމައަށް ތަފާތު އެކި ފަހަރު މަތިން ކުރެވުނު މަސައްކަތުން ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރަކާ ގުޅޭގޮތްވެފައިވަނީ 03 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ.
މިގޮތުން ކުރެވުނު މަސައްކަތުން ސީލް މޯލްޑިވްސް ތަމްސީލުކުރާ ވަކީލުންނާ ގުޅޭގޮތްވެފައިވާ ކަމަށާޢި މޯލްޑިވްސް ޕޮލިސް ސަރވިސް އާއެކު މަޝްވަރާކޮށް މުވައްޒަފުންގެ މުސާރަ ހަމަޖައްސައިދިނުމާގުޅޭ ގޮތުންނާއި ތަނުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯދުމާގުޅޭ ގޮތުން ހޮނިހިރު ދުވަހުގެ 14:30 ގައި ޝަހީދު ޙުސައިން އާދަމްބިލްޑިންގ ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައި ވާކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް އިމިގްރޭޝަންއާއި، ލޭބަރ ރިލޭޝަންސް އޮތޯރިޓީއާއި، ސީލް މޯލްޑިވްސްގެ ވަކީލުންނާއި، ރިޒް މޯލްޑިވްސްގެ ވަކީލުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުން ހާމަކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު، ބޮޑު ފިނޮޅުގައި މަސައްކަތް ކުރުމަށް ރާއްޖެ ގެނެސްފައިވާ، ނުވަތަ އެނޫން ގޮތް ގޮތުންވެސް އެތަނުގައި މަސައްކަތް ކުރުމުގައި ބައިވެރިވާ ބިދޭސީ މަސައްކަތްތެރިންނަކީ ދެ ކުންފުންޏެއްގެ ނަންމަތީގައި ތިބި މުވައްޒަފުންކަން ފާހަގަކުރެވިފައިވާ ކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ.
އެގޮތުން، ސީލް މޯލްޑިވްސްގެ 42 ކޯޓާގެ ތެރެއިން 30 ކޯޓާއަށް މުވައްޒަފުން ތިބި ކަމާއި، ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓުގެ 30 ކޯޓާގެ ތެރެއިން 227 މުވައްޒަފަކު ހިމެނޭކަން އެނގިފައިވާ ކަމަށެވެ. އަދި ރިޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބޮޑުފިނޮޅުގެ ސައިޓަށް އެއްވެސް ބިދޭސީއަކު ރާއްޖެ އެތެރެކޮށްފައިނުވާކަމަށާއި މީގެ އިތުރުން ޑޮކިއުމަންޓް ނެތް ބިދޭސީން ރެގިއުލަރައިޒް ކުރުމަށްޓަކައި ޕްރޮސެސް ކުރުމަށް އެޕްލައިކޮށްފައިވަނީ ބޮޑު ފިނޮޅު ހޮޓެލް އެންޑް ރިސޯޓުގެ ނަމުގައިކަން ކަށަވަރުވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެހެން ކަމުން، ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ މި ބިދޭސީން ބޭނުންކޮށްގެން މަސައްކަތްކުރުވުމަށް ކަމަށާއި ބިދޭސީ މުވައްޒަފުންނަށް މުސާރަ އާއި ކޮއްތު ފައިސާ ހަމަޖައްސައިދިނުމަށް ސީލް މޯލްޑިވްސްގެ ފަރާތުން އެއްބަސްވެފައިވަނީ މިގޮތުގެމަތިން ކަމަށެވެ. މިގޮތަށް ކަންތައްތައް ހުރިއިރު، ތަނުގައި އިތުރަށް ހަމަނުޖެހުން އުފެދި، ޤައުމުގެ ސަލާމަތަށް ބުރޫ އަރާގޮތަށް ވާހަކަ ނުފެތުރުމަށް ރިޒް ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ވަނީ އިލްތިމާސްކޮށްފައެވެ. ރިޒް ޕްރައިވެޓް ލިމިޓެޑުން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ކަމާބެހޭ ސަރުކާރުގެ އިދާރާތަކުން މި މައްސަލަ ޙައްލު ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ސީލް މޯލްޑިވްސްއަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު