ވިލާ ފައުންޑޭޝަނުން ނަރުހުންނަށް ޚާއްސަކޮށް ސްކޮލަޝިޕް ސްކީމެއް ތައާރަފްކޮށްފިއެވެ.
ދިވެހި ނަރުހުންގެ ޖަމިއްޔާއިން ބުނީ، ވިލާ ފައުންޑޭޝަނާއި ނަރުހުންގެ ޖަމިއްޔާ ގުޅިގެން ކޮންމެ އަހަރަކުވެސް ނަރުސްކަން ކިޔަވަން ބޭނުންވާ ތިން ފަރާތަކަށް ސްކޮލަރޝިޕް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ސްކީމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަސް ކަމަށްވާ މެއި 12 ގައެވެ.
މި ސްކޮލަރޝިޕް ސްކީމްގެ ދަށުން ވިލާ ކޮލެޖުގައި ޑިޕްލޮމާ އިން ނަރސިން ކޯސް ހަދަމުންދާ ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ލިބޭއިރު، އަންހެން ކުދިންނަށް ހާއްސަކޮށްގެން ދެ ސްކޮލަޝިޕް އަދި ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އެއް ސްކޮލަޝިޕް ލިބޭނެ ކަމަށް ވިލާ ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ މީގެ ކުރިންވެސް ވިލާއިން ވަނީ ދިވެހި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ރާއްޖޭގައި އިތުރު ކުރުވުމަށް ސްކޮލަރޝިޕްތައް ދޫކޮށްފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާއި ގުޅިގެން މި ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލުމަކީ ވިލާ ފައުންޑޭޝަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ޙަމީދު ވިދާޅުވިއެވެ.
ދިވެހި ނަރުހުންގެ ޖަމިއްޔާއިން ބުނީ ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީގޮތުން ނަރުހުން ހިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިން ކަމަށާއި، ދިވެހި ނަރުހުންނާއެކު އެ ޚިދުމަތް ދެމުންގެންދާތާ 60 އަހަރު ވެފައިވާ ކަމަށެވެ.
ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާ (އެމްއެންއޭ) އަކީ ރާއްޖޭގައި ނަރުހުންގެ ދާއިރާ ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރާ އެންމެބޮޑު ޖަމިއްޔާއެވެ.

ކިޔުންތެރިންގެ ހިޔާލު