ކޯޓުތައް އާއްމުކޮށް ހުޅުވާލާ ރަސްމީ މަސައްކަތް މާދަމާ ފެށުމަށް ނިންމަައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ސޮއިކުރައްވައި ސުޕްރީމް ކޯޓުން މިއަދު ނެރެނު ސާކިއުލާ އެއްގައި ބުނެފައިވަނީ ކޯޓްތަކުގެ މަސައްކަތް ރަސްމީކޮށް ފަށަނީ ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސާފައި އޮތްއޮތުން ނިމުމަކަށް ގެނެސް މާދަމާއިން ފެށިގެން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީކަމަށެވެ.
ކޯޓުތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ޞިއްޙީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ އިދާރާތައް ޢާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކުރުމަށް ސުޕްރީމްކޯޓުން ވަނީ ކޯޓްތަކަށް އަންގަވާފައެވެ. އަދި އެކޯޓެއް ނުވަތަ އެ ސަރަހައްދުގައި ހުންނަ ކޯޓުތަކުން މަސައްކަތްކުރުމަށް ހަމަޖައްސާ އުސޫލަކުން އިންތިޒާމުކޮށްގެން
ކުރިއަށް ގެންދިއުމަށްވެސް ސުޕްރީމްކޯޓުން ވަނީ އަންގާފައެވެ.
މާލޭ ސިޓީ ފުރަބަންދުކުރުމުން މާލޭ ސަރަހައްދުގެ ކޯޓުތަކުން މައްސަލަތައް ބަލަމުން ދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އަދި ފެމެލީ ކޯޓުން ވަރި ކައިވެނިވެސް ކޮށްދެމުން ދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު