ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ޚުދުމުޚުތާރު، ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް ކަމަށާއި އެހެންވެ އެކަން އިސްލާހު ކުރެއްވުމަށް އެދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެ މަނިކުފާނަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީގެ ގޮތުގައި އިދިކޮޅު ކޯލިޝަން އޮތް އިރު، އެމީހުންގެ އަޑު ކަނޑުވައިލައި، ނަޝީދު މަޖިލީހުގެ ކަންކަން ކުރިއަށް ގެންދަވާތީ ކަންބޮޑުވާ ކަމަށެވެ. އިދިކޮޅުން ކޯލިޝަންގެ ސިޓީގައި މަޖިލީހުގައި ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ބައެއް މެމްބަރުން ލައްވައި، އެކި ކަހަލަ ޖެއްސުން ކުރުމާއި އިދިކޮޅުގެ އަޑު އިއްވަމުން ގެންދަވާ މެމްބަރުންނަށް ހަމަލާދެމުން ގެންދާ ކަމަށް ބުނެފައިވެއެވެ. އަދި މި ކަންކަން ހުއްޓުވައި އިދިކޮޅު މެމްބަރުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދުމުން ވެސް އެކަމަށްވެސް ރައީސް ނަޝީދު ހައްލެއް ހޯއްދަވައި ދެއްވާފައި ނުވާ ކަމަށް ވެސް ސިޓީގައި އިދިކޮޅުން ބުނެފައިވެއެވެ.
އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ސިޓީގައި ބުނެފައިވާގޮތުގައި ނަޝީދު ވަނީ ގާނޫނު ހެދުމުގެ އިތުރަށް ތަންފީޒު ކުރުމުގެ ބާރު ވެސް މުށުތެރެއަށް ލައްވައިފަ އެވެ. މުޅި ޝަރުއީ ނިޒާމާއި ކޯޓުތައް ވެސް އެ މަނިކުފާނުގެ ބާރުގެ ދަށަށް ގެންނަވައި، ފުލުހުންގެ މުއައްސަސާއާ މެދު ވެސް އެގޮތަށް އަމަލު ކުރައްވަން މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު އެ ދެ ޕާޓީން ރައީސް ނަޝީދަށް ކޮށްފައިވެއެވެ. އެހެންކަމުން، އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
މި ހުރިހާ އަމަލުތަކަކީވެސް ޑިމޮކްރަސީގެ އުސޫލުތަކާ ބީރައްޓެހި އަދި ވަރަށް ޚުދުމުޚުތާރު އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ބިލާ ގުޅޭ ގޮތުން އިދިކޮޅުން ބުނެފައިވަނީ، އެ ބިލުން ފުލުހުންނަށް ރަނގަޅު ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކޮށްދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން ސިޓީގައި ތުހުމަތުކުރާގޮތުގައި ފުލުހުންގެ ބިލެއް މަޖިލީހަށް ހުށަހަޅައިގެން، އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާ އިން މަސައްކަތް ކުރަނީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ދިޔަ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އޮއްބައި ލުމަށެވެ.
އިދިކޮޅުގެ ސިޓީގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާތައް ގެއްލި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ނުކުޅެދި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. ފުލުހުންގެ ބިލަކީ މި ހުރިހާ ކަމަކުން ރައްޔިތުންގެ ސަމާލުކަން ގެއްލުވާލަން ކުރާ ކަމެއް ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.
އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަންގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރު ކުރުމުގައި އެމްޑީޕީގެ މެންބަރުން ބައިވެރިވެ އޭނާގެ ގަޔަށް އަތްލައި އަނިޔާ ކުރުމުން ކަމަށް ބުނެއެވެ. އިދިކޮޅުން ތުހުމަތު ކުރަނީ އެއަމަލު އެމްޑީޕީގެ މެންބަރުން ހިންގީ މަޖިލީހުގެ ރައީސް އަންގަވައިގެން ކަމަށެވެ. އެރޭ ބައެއް މެންބަރުން ނަންގަވާފައިވާ ވިޑިއޯ ތަކުން އެފަދަ މަންޒަރު ތަކެއް ސިފަވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު