ރާއްޖެ ހިމެނޭހެން 3 ޤައުމަކަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ މެތެމްފެޓަމިން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގެންފައިވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އާއި އެ ގައުމުގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އިންޑިއާގެ ދަ ހިންދޫ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އޮޕަރޭޝަންގައި ރާއްޖެ އިންޑިއާ އަދި ލަންކާ އަށް އެތެރެކުރަން އުޅުނު 2.5 ޓަނުގެ ކްރިސްޓަލް މެތު ވަނީ އަތުލައިގެންފައެވެ. އޭގެ ޖުމުލައަގު 150 މިލިއަން ރުފީސްއަށް އަރާނެ ކަމަށް އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ. މިއީ ފައިސާގެ ގޮތުން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޑްރަގް ޝިޕްމަންޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެންސީބީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ސަންޖޭ ކުމާރު ސިންގާއި ޙަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވަނީ، މި ޑްރަގް ބޯޓު ފުރީ އީރާނުން ކަމަށެވެ. އަދި އަތުލައިގަތް ބައެއް ޑުރަގް ޕެކެޓްތަކުގައި "މޭޑް އިން ޕާކިސްތާން" ޖަހާފައި ހުރި ކަމަށާއި، އެ ތަކެތި ބަހަން ނިންމާފައިވަނީ އިންޑިއާ، ސްރީލަންކާ އަދި ރާއްޖެއަށްކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ ބޯޓުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 134 ގޯނި ފެނިފައިވާ އިރު، މި އޮޕަރޭޝަންގެ ތެރެއިން ޕާކިސްތާނަށް ނިސްބަތްވާ ރައްޔިތަކުވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު