ސްޓެެލްކޯ މައި އިދާރާ
ސްޓެެލްކޯ މައި އިދާރާ
ކޯވިޑްގެ ހާލަތާއި ގުޅިގެން ކަރަންޓް ބިލްތައް ދެއްކުމުގައި ދަތިވެފައިވާ ފަަރާތްތަކަށް ބަހާލައިގެން ބިލް ދެއްކުމުގެ ފުރުސަތު ހަމަޖައްސައިދީފައިވާ ކަމަށާއި، އެކަމަށް އެދި ފޯމް ހުށައަޅަންޖެހޭނެ ކަމަށް ސްޓެލްކޯއިން އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ ބަހާލައިގެން ބިލް ދެއްކުމަށް ފުރުސަތު ދީފައިވަނީ މާރިޗު، އޭޕްރިލް، މެއި އަދި ޖޫން މަހުގެ ބިލްތަކަށް ކަމަށެވެ. މާލީގޮތުން ދިމާވެފައިވާ ދަތިތަކާއި އެކު މިިދިޔަ ހަތަރު މަހު ނުދެއްކިވާ ކަރަންޓް ބިލްތައް މިހާރު ބަހާލައިގެން ދެއްކޭނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި މި ކަމަށް އެދި އެކުންފުންޏަށް ހުށައަޅަންޖެހޭއިރު އެކަމަށް އެދޭ ފޯމް ކުންފުނީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި އޮންލައިކޮށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިން ޚިދުމަތް މެދުވެރިކޮށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ބަހާލައިގެން ބިލް ދައްކަން އެދޭ ކަސްޓަމަރުންނަށް ބިލް ދެއްކުމުގެ މުއްދަތު ކަނޑައަޅާނީ އެމީހެއްގެ ހާލަތަށް ބެލުމަށްފަހުކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވެ ރައްޔިތުންގެ ޝަކުވާތައް ބޮޑުވުމުން މިދިޔަ މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ޑިސްކއުންޓް ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކައިންވެސް ވަނީ މިދިޔަ މަހުގެ ބިލްތަކުން 40 އިންސައްތަ ސަބްސިޑީޒް ދޭން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން