ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ ކުރިއަށް ގެންދާ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.
ހައިކޯޓުގައި ރައީސް ޔާމިންގެ އިސްތިއުނާފް މައްސަލައިގައި ބުދަ ދުވަހު ބާއްވާ މި އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެހެންކަމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ހުލާސާ ބަޔާން އިއްވުމަށްފަހު ދެން އަޑުއެހުމެއް ބާއްވަނީ ޙުކުމް ކުރުމަށެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީޢަތް އަލުން މިފަށަނީ ހަތަރު މަސް ދުވަސް ފަހުން ކަން ފާހަގަކޮށްލެވެއެވެ. މައްސަލައިގެ ޝަރީޢަތް ލަސްވެގެން ދިޔައީ ކޮވިޑް-19 އާއި ގުޅިގެން ކޯޓުތަކުން އާއްމު އުސޫލުން ޝަރީޢަތްތައް ކުރިއަށް ގެންދިއުން ހުއްޓާލުމުންނެވެ. ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ލަސްވެގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނާ ބައްދަލު ކުރަން ވެސް އިދިކޮޅު ކޯލިޝަނުން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފަނޑިޔާރު އެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މިހާރު ވަނީ އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދި ތާވަލް ކޮށްފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު