ރައީސް އިބްރާާހީމް މުޙައްމަދު ޞާލިޙު އެންއީއޯސީ ގައި ފުލުހުންގެ އިސް ބޭފުޅަކާއި ބައްދަލު ކުރައްވަނީ
ރައީސް އިބްރާާހީމް މުޙައްމަދު ޞާލިޙު އެންއީއޯސީ ގައި ފުލުހުންގެ އިސް ބޭފުޅަކާއި ބައްދަލު ކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ދިވެހި ސިފައިންނާ އަދި ފުލުހުންނާ ބައްދަލު ކުރެއްވުމަށް ނިއްމަވައިފިއެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހުގެ ހަވީރު 16:15 ގައި ރައީސް ސޯލިޙު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާ ބައްދަލު ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލު ކުރެއްވުން އޮންނާނީ އިސްކަންދަރު ބިލްޑިންގ ގެ މަލްޓި ޕާރޕޯސް ހޯލުގައި ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން، އާދިއްތަ ދުވަހުގެރޭ 09:00 ގައި ރައީސް ސޯލިޙު ސިފައިންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލު ކުރެއްވުން އޮންނާނީ ކަޅުތުއްކަލާ ކޮށީގައެވެ.

ރައީސް ސޯލިޙު ފުލުހުންނާ ސިފައިންނާ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާއިރު، މި ދަނޑިވަޅަކީ ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތްވެސް ކުރިއަށްދާ ދަނޑިވަޅެއް ކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން، ކޮވިޑް-19ގެ މި ޙާލަތާއި ގުޅިގެން ޤައުމީ ސަލާމަތީ ބާރުތަކުން ގިނަ މަސައްކަތްތަކެއްވެސް ފާއިތުވި ދުވަސްތަކުގައި ކޮށްފައިވެއެވެ. ދާދިފަހުން ރައީސް ވަނީ ސިފައިންނާއި ފުލުހުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން