ޒަހީނުއްދީން ސަޢީދު   5 ޖުލައި 2020 - 18:35
މާލޭގަެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ފުޑްކޯޓެއް
މާލޭގަެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދުގައި ގާއިމުކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން ފުޑްކޯޓެއް
ކޯވިޑް-19 ފެތުރޭތީ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމިއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރި ނަމަވެސް ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ  ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި ހިދުމަތް ދިނުމުގެ އުސޫލުގައިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސިނގިރޭޓާއި، ޝީޝާއާއި، ވޭޕާއި، އީ-ސިނގިރޭޓު ހިމެނޭ ގޮތަށް އެފަދަ އެއްޗެހި ބުއިމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައެވެ. ނަމަވެސް މިހާރު އުސޫލަށް ގެނައި ބަދަލުގައި ބުނެފައިވަނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ކަމަށެވެ. އެއީ ކުރިން އެޗްޕީއޭއިން އެ ކަމަށް ހުއްދަ ދީފައިވާ ތަންތަނުގަ އެވެ. އެކަމަކު ޝީޝާ ބުއިން މަނާ ކަމަށް އުސޫލުގައި ބުނެ އެވެ.

ކޮވިޑް-19 ފެތުރޭތީ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރުމަށް ފަހު، "ނިއު ނޯމަލް" ގެ ހަމަތަކާ އެކު އަލުން ކެފޭތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-10

ތިމަންނަ

06-Jul-2020

"އުސޫލެއް" ބޮއިގެން ނަމަވެސް , ކިޔާ ކޮންމެވެސް އެކައްޗެއް ކިޔާބަލާށެވެ. ނަގަރިޔާ ހަސަނުގެ ސާފުތެޔޮ ވިއްކުމަށް ނަހަދާށެވެ.



ޓްރެންޑިން