ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދަން ފަށައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓް ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. މިވަގުތު އެކަމަށް ބޭނުންވާ ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުންނެވެ.
"ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮރޯނާ ވައިރަސްއަށް ޓެސްޓް ކުރެވޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތައްޔާރު ކުރާ ޕީސީއާރު ލެބްގެ މަސައްކަތް ނިމި މިހާރު ޓެސްޓް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި،" ކުޅުދުއްފުށި ހޮސްޕިޓަލުން ކުރި ޓުވީޓްގައި ބުނެފައިވެއެވެ.
ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ރާއްޖޭގެ ހަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރަން، ޖީން އެކްސްޕާޓް ކާޓްރިޖް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިދިޔަ މަހުގެ 30ވަނަ ދުވަހު ވަނީ ރާއްޖެ އަށް ހަދިޔާކޮށްފައެވެ.
އެގޮތުން ށ. އަތޮޅު ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ބ. އަތޮޅު ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ ސާމާނު ހެލްތް މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު