ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ކ.އަތޮޅުން ވ.އަތޮޅާއި ދެމެދު ވައިޓް އެލާރޓް ނެރެފިއެވެ.
މެޓްއޮފީހުން ބުނީ މިއަދު ކ.އަތޮޅުން، ފެށިގެން ވ.އަތޮޅާއި ދެމެދު ބޯކޮށްވާރެވި ގުގުރުންވެސް އެކަށީގެންވާކަމަށެވެ. މިއަދު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކުގައި އިރުދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށްލަފާކޮށްފައިވާއިރު، ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިއަދު ރާއްޖޭގެ މޫސުން ގޯސްވެ ގދ. ތިނަދުއަށް ވަނީ އާދަޔާއި ޚިލާފަށް އުދަވެސް އަރާފައެވެ. ރަށުގެ ބަނދަރުގެ އެއްގަމު ތޮށިމަތިން ރާޅުއަރައި، ރަށުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު އަރާފައި ވެއެވެ. އެރަށުގެ ދަރުބާރުގެ އާއި ހަމައަށް ލޮނުގަނޑު އަރާފައި ވާއިރު، މިއީ ބަނދަރާއި 850 ފޫޓުދުރުމިނުގެ ސަރަހައްދެކެވެ. ތިނަދޫގެ ބައެއް ދިމަދިމާއިން 850 ފޫޓާއި 400 ފޫޓާއި ދެމެދުގެ ދުރު މިނަކަށް އެއްގަމަށް ލޮނުގަނޑު އަރާފައިވާ ކަމަށް ވެއެވެ.
މެޓް އޮފީހުން ބުނަނީ މިއަދު ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް ގަދަވާނެކަމަށް ލަފާކުރާއިރު އުތުރާއި މެދުރާއްޖެތެރޭގައި އާދައިގެ ވަރަކަށް މަޑު ވާނެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު