ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ އެމްބެސެޑަރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ހަމަޖައްސަވައިފި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ އަދި އުވިދިޔަ 18 ވަނަ މަޖިލީހުގެ މެމްބަރު ކަން ކުރެއްވި އަމީތު ޑެޕިއުޓީ އެމްބެސެޑަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވީ ދާދިފަހުން ކަމަށް މައުލޫމާތު ލިބެއެވެ. އަމީތު ވަނީ މިނޫހަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

ޑެޕިއުޓީ އެމްބެސެޑަރުންނަކީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގެ މަގާމެކެވެ. ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުުންނަވާ އެމްބެސެޑަރަކީ އިބްރާހިމް އުވައިސް އެވެ. މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު 2017 ވަނަ އަހަރު އޭރުގެ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތް 12 މެމްބަރުންގެ ތެރޭގައި އަމީތު ވެސް ހިމެނެއެވެ.

އެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން މަޖިލީހަށް ވަނުމުގެ ފުރުސަތެއް ސަލާމަތީ ބާރުތަކުން ދީފައެއް ނުވެއެވެ. އެ ބޭފުޅުންގެ މެމްބަރު ކަމުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އޮކްޓޫބަރު، 2018 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން