މަސްވެރިންގެ އަތުން އެންމެގިނައިން މަސްގަނެފައިވަނީ މިސަރުކާރުން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އިކްރާމް ވިދާޅުވީ މިސަރުކާރަކީ މަސްވެރިންގެ އަތުން އެންމެ ގިނައިން މަސްގަތް ސަރުކާރު ކަމަށެވެ. މަސްވެރިކަމުގެ ތަފާސް ހިސާބުތަކުން ފެންނަން އޮތް ޙަޤީޤަތަކީ އެއީކަމަށްވެސް އިކްރާމް މިއަދު ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ، ފާޑުކިއުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި ނަމަވެސް ޒިންމާދާރުކަމާއެކު ބިނާކުރަނިވި ފާޑުކިޔުމަކީ ޤައުމެއް ތަރައްޤީވެ ދިއުމަށް މާމުހިންމު ކަމެއްކަމަށެވެ. އެހެންކަމުން މިފްކޯގެ މަސައްކަތްތައް ފުޅާވެގެންދާއިރު، މަސްވެރިންނަށް ލިބެމުންދާ ކުރިއެރުމަކީވެސް ބަލައިގަންނަންޖެހޭނެ ކަމެއްކަން އިކްރާމް ފާހަގަ ކުރެއްވިއެވެ. އެގޮތުން މިފްކޯގެ ބައެއް ތަފާސް ހިސާބުތައް އިކްރާމްވަނީ މިއަދުގެ މަޖިލީހުގެ ތަޅުމުގައި އިއްވާދެއްވާފައެވެ.
"8 އޭޕްރީލާއި ހަމައަށް 24،600 ޓަނުގެ މަސް ކިރާފައިވޭ. 2022 ވަނަ އަހަރު 63،579 ޓަނުގެ މަސް ކިރާފައިވޭ. 2021 ވަނަ އަހަރު 58،350 ޓަނުގެ މަސް ކިރާފައިވޭ." އިކްރާމް ވިދާޅުވިއެވެ.
އޭގެއިތުރުން އެމްޑީޕީގެ އެޖެންޑާ-19ގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ޤާނޫނުގައި މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަން އިކްރާމް ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ބައެއްކަންތައްތަކަކީ ތަންފީޒު ކުރުމުގައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަންތައްތަކެއް ކަމަށް އިކްރާމް ވިދާޅުވިއެވެ.
ދާދިފަހުން މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވިދާޅުވެފައިވަނީ، މި ސަރުކާރުން ވެރިކަމާއި ހަވާލުވިފަހުން މިފްކޯގެ މަސްކިރުވުމުގެ ކެޕޭސިޓީ 6 ގުނަ އިތުރުކުރެވިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު