ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ނިންމައި ފެން ތަހުލީލުކޮށްފައިވާ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފިއެވެ.
އެމް.ޑަބްލިއު.އެސް.ސީން ބުނީ، އިންނަމާދޫ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން އާރު.އޯ ފެސިލިޓީ އިމާރާތް އަޅައި ފެން އުފެއްދުމަށް ދެ އާރު.އޯ ޕްލާންޓް ބަހައްޓާފައިވާ ކަމަށެވެ. އަދި ފެން ރައްކާކުރުމަށް 290 ކިއުބިކް މީޓަރުގެ 2 ތާންގީއާއި ވާރޭފެން ރައްކާކުރުމަށް 1010 ކިއުބިކް މީޓަރުގެ ތާނގީއެއްވެސް ބަހައްޓަފައިވާ ކަމަށް އެމް.ޑަބްލިއު.އެސް.ސީން މަޢުލޫމާތުދެއެވެ.
އޭގެ އިތުރުން އިންނަމާދޫގައި 8.33 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ވެސް ޤާއިމުކޮށް މިހާރުވަނީ ނިންމާފައެވެ. ހަމައެއާއެކު 215 ފެނުގެ ކަނެކްޝަން ގުޅައިދީ، ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ޤާއިމުކޮށްފައެވެ.
މިމަޝްރޫޢުގެ މަސައްކަތް ނިމުމުން އިންނަމާދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ހާމަކޮށްފައިވެއެވެ.
އިންނަމާދޫގެ ފެނުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން 50.7 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު