ސަރުކާރުގެެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް (ރަސް ފޮޓޯ)
ސަރުކާރުގެެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗް (ރަސް ފޮޓޯ)
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކޭސްއާ ގުޅިގެން 6 މުވައްޒަފުންނާއި 7 ބަލިމީހުންގެ އިތުރުން ދެ އެހީތެރިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ސްޕޯކްސްޕާސަން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވެެއްޖެއެވެ.

މި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ސްޕޯކްސްޕާސަން ޑރ. ފާތުމަތު ނަޒްލާ ރަފީޤް ވިދާޅުވީ އާދިއްތަ ދުވަހު ލިބުނު ނަތީޖާތަކުން އައިޖީއެމްއެޗްގެ އިތުރު 2 މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން ދޫކޮށްލެވުނު 2 ބަލި މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސިންނާއި ސާމްޕަލް ނެގުމުގެ މަސައްކަތް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

އާދިއްތަ ދުވަހުގެ މެންދުރާއި ހަމައަށް އައިޖީއެމްއެޗުން 308 ސާމްޕަލް ނަގާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އިތުރަށް ކޭސްތައް ފެންނަ ވަރަކަށް ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އައިޖީއެމްއެޗާ ގުޅިފައި ހުރި އިތުރު ކޭސްއެއް ފެނިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ފޮޒިޓިވްވި މި މީހާ އަކީ ފިޔަވަތީގައި މަސައްކަތް ކުރާ ކުދިން ބަލާ މީހެއް ކަމަށާއި މި މީހާއަކީ އައިޖީއެމްއެޗްގައި އޮތް ބަލި މީހާއާއި އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"ގައި މަސައްކަތްކުރާ މި މީހާ ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ފިޔަވަތީގެ 11 މުވައްޒަފުންނާއި 21 ކުދިން ކަރަންޓީންގައި ތިބި ކަމަށާއި މިވަގުތު އެ ހުރިހާ އެންމެން ވެސް ކަރަންޓީން ކުރެވިފައިވަނީ ފިޔަވަތީގައި ވަކި ކޮޓަރިތަކެއްގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ކަރަންޓީން ކުރެވިފައިވާ ކުދިންގެ އުމުރަކީ 6 އަހަރާއި 11 އަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުވައްޒަފަކު ޕޮޒިޓިވްވި ކަމަށާއި އެ ހޮސްޕިޓަލުގައި ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި 9 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާކަމަށް ނަޒްލާ ވިދާޅުވިއެވެ. އެކަމާ ގުޅިގެން ޓެސްޓު ނެގުމާއި ސާމްޕަލް ޓެސްޓު ކުރުމުގެ ކަންތައްތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން