އިނގިރޭސި ވިލާތާއި ޔޫރަޕްގެ ގައުމުތަކުގެ ސޭފް ޓްރެވަލް ލިސްޓްގައި ރާއްޖެ ނުހިމެނީ ޓޫރިޒަމް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ ކޯޑިނޭޝަން ދަށްވުމުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ފަތުރުވެރިކަމަށް ހުޅުވާލާއިރު ޓޫރިޒަމް އިސްތިހާރުކުރުމަށް އެކަށީގެންވާ މަސައްކަތް ތަކެއް ކުރެވިފައިނުވާ ކަމަށެވެ.
" ޔޫކޭ އާއި ޔޫރަޕްގެ ސޭފް ޓްރެވަލް ލިސްޓްގައި ރާއްޖެ ނުހިމެނީ ޓޫރިޒަމް އާއި ފޮރިން މިނިސްޓްރީގެ ކޯޑިނޭޝަން ދަށްވުމުން." ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ އިނގިރޭސި ވިލާތުން، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމިއިރު އޭގެ ތެރޭގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ. އިނގިރޭސި ވިލާތަށް މިހާރު ދަތުރުކުރާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހެ އެވެ. ނަމަވެސް އަންނަ ހުކުރު ދުވަހުން ފެށިގެން 59 ގައުމަކުން އިނގިރޭސިވިލާތަށް ދާ މީހުން ކަރަންޓީނުގައި ތިބެން ނުޖެހޭ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއީ ކޮވިޑް-19 މިހާރު ކޮންޓްރޯލް ކޮށްފައިވާ ގައުމުތަކެވެ. އޭގެ ތެރޭގައި ރާއްޖެ ހިމަނާފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ އޮފީހުން ބަހަނާތަކެއް ދައްކައި ބަޔާނެއް ނެރެފައިވެއެވެ. އެއީ ހާލަތަށް ބަލައި ބަދަލުވަމުންދާނެ ލިސްޓެއް ކަމަށް ވިދާޅުވެފައިވާއިރު ރާއްޖޭގައި ހުންނަ އިނގިރޭސި ސަފީރު އިއްޔެ ވަނީ ރާއްޖޭގެ ފަތުރު ވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލު ވުމެއްވެސް ބާއްވާފައެވެ.
މިހާރުގެ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއަކީ އިނގިރޭސި ވިލާތާއި ވަރަށް ގުޅުން ބޮޑު ޕާޓީއަކަށްވެފައި އަދި އިނގިރޭސީން ރަނިކަން ކުރާ ކޮމްނަވެލްތުން ރާއްޖެ ވަކިވެފައި ވަނިކޮށް އަލުން އެޖަމާއަތާއި ގުޅި، އިނގިރޭސި ވިލާތާއި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްފައިވާ ކަމަށް މިސަރުކާރުން ބުނަމުންދާއިރު އެގައުމުގެ ބޯޑަރު އަލުން ހުޅުވާލާއިރު ދަތުރުކުރަން އަމާން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމަނާފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގަ އެވެ.
ޗުއްޓީ އަށް އެކި ގައުމުތަކަށް ދާން ބުކިން ހައްދާ މީހުންގެ އަދަދު އިނގިރޭސި ވިލާތުގައި ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނައީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހައްދާފައިވާ ބުކިން ކަމަށް އިނގިރޭސި ވިލާތުގެ މީޑިއާތަކުން މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު