ރައީސް ޞާލިޙް ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.
ދަރަނބޫދޫ ބަނދަރު އިފްތިތާޙުކޮށްދެއްވާފައިވަނީ ރައީސް ޞާލިޙް މިއަދު ދަރަނބޫދޫއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ތެރެއިންނެވެ.
ބަނދަރު އިފްތިތާޙުކޮށްދެއްވުމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ރަސްމީކޮށް މި ބަނދަރު ދަރަނބޫދޫ ކައުންސިލާ ހަވާލުކުރައްވާފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމެވެ.
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތަކީ 40.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު