ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައިގެ ގޮތުގައި ދެ މައްސަލައެއް ހުށަހެޅުމުން ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައެޅުމަށް ފުރަތަމަ ފަހަރަށް މަޖިލީހުގައި ގުރުއަތުލައިފިއެވެ.
މަޖިލީހަށް ހުށަހެޅުނު މި ދެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމާއި، އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ. މިދެ މައްސަލައިގެން ތެރެއިން މިއަދުގެ ޖަލްސާގައި ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައެޅާފައިވަނީ ދެބޭފުޅުންގެ ހާޒިރުގައި ނެގުނު ވޯޓަކުންނެވެ.
މިއީ މަޖިލީހުގައި މިފަދަ ވޯޓެއް ނެގުނު ފުރަތަމަ ފަހަރެވެ. ކުރިއަށް ގެންދިއުމަށް ގުރުއަތުން ދިމާވީ ޝިޔާމަށެވެ. މިއީ އެއްމަހަށްވުރެ ގިނަ ދުވަހަށްފަހު އިދިކޮޅު މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވި ފުރަތަމަ ދުވަހެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދެ ކުއްލި މައްސަލަ އެއްދުވަހެއްގައި ހުށަހެޅިއްޖެ ކަމުގައިވާނަމަ އެދުވަހެއްގައި ކުރިއަށްގެންދާނެ މައްސަލައެއް ކަނޑައެޅޭނީ ގުރުއަތު ލައިގެންނެވެ. މިއަދުގެ ގުރުއަތު ނަގާފައިވަނީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއެވެ.

ކިޔުންތެރިންގެ ހިޔާލު