ފ. ބިލެއްދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 4 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 38 އަަހަރުގެ ފިރިހެނަކާއި 45 އަހަރުގެ ފިރިހެނަކާއި 46 އަހަރުގެ ފިރިހެނެއް ގެ އިތުރުން 36 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ހަމައެއާއެކު މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ބިލެތްދޫގެ 8 ގެއެއް ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ރަބަރު ޕެކެޓު އަތުލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބިލެތްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 36 އަހަރުގެ މީހާ އާއި 38 އަހަރުގެ މީހާ އާއި 46 އަހަރުގެ މީހާ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި 45 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް ތިން ދުވަސް ވަނީ ދީފައެވެ.
ފުލުހުން ބުނީ ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު