ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް މިއަދު ހުޅުވައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އަލަށް ތައާރަފްކުރި މި ހިދުމަތް ދިނުމަށް ހާއްސަކޮށްގެން ހަދާފައިވާ ސެންޓަރު ހުޅުއްވައިދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ޓްރީޓޮޕް ހޮސްޕިޓަލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން މިފަދަ އާ ޚިދުމަތްތަކަށް މަރުޙަބާ ކިޔާ ކަމަށާއި މިކަމުގައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ މި ފަރޓިލިޓީ ސެންޓަރު ހުޅުވުމުގެ ބޭނުމަކީ ރާއްޖޭގައިތިބި ދަރިމައިނުވުމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް ބޭނުންވާ ފަރުވާތައް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު