މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޕްލާންޓެއް ފަޅައިގެން ގޮސްފައި ނުވާކަމަށާއި. ރޭ ދަންވަރު ފެން ލީކުވެފައިވަނީ ވޭލެއްގައި މައްސަލަ ޖެހިގެންކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރޭ މީސްމީޑިއާގައި ވިދާޅުވެފައިވަނީ ފެން ކުންފުނީގެ ފެން ޕްލާންޓަކަށް މައްސަލައެއް ދިމާވެ މަގުމައްޗަށް ފެން ލީކުވަމުންދާ ކަމަށެވެ.
އެގޮތުން ނަރީޝް ޢާއްމު ކުރެއްވި ވީޑިއޯގައި ފެންނަނީ ފެން ކުންފުނީގެ ހުޅަނގު މަގު ފެންބޮޑުވެފައިވާ މަންޒަރެވެ. އަދި ބާރު ސްޕީޑުގައި ފެންލީކުވަމުން ދިޔަ މަންޒަރު އެވީޑިއޯއިން ފެނެއެވެ.
އެކަމާގުޅިގެން އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވީ އެއީ ޕްލާންޓެއް ފަޅައިގެން ގޮސްގެން ދިމާވި މައްސަލައެއް ނޫން ކަމަށާއި އެއީ ބޯހޯލުން ނަގާ ފެން، ސާފުކުރަން ޕްލާންޓަށް ދިޔުމުގެ ކުރިން ބޭރުވެފައިވާ ފެން ކަމަށެވެ.
"ފެން ލީކްވީ ވޭލެއްގެ މައްސަލަ ޖެހިގެން. އެކަންވަނީ ވަގުތުން ހައްލުކޮށްފައި،" ޝާހު ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ އެކަމާގުޅިގެން ފެނުގެ ހިދުމަތަށް އެއްވެސް މެދުކެނޑުމެއް އައިސްފައިނުވާ ކަމަށެވެ. އަދި އެކަން ޙައްލުކޮށްފައިވާ ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު