މައި ކޭބަލަށް ލިބުނު ގެއްލުމަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ވިނަރެސް ފްލެޓްތަކާއި ދިމާލުން މަގު ކޮނުމުގެތެރޭގައި ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ތެރޭގައި ޑިސްޓްރިބިއުޝަން މަައި ކޭބަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދީފައިވެއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ މުވައްޒަފުން މިވަގުތު ދަނީ ވީއެންމެ އަވަހަކަށް ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން