ކޮވިޑް-19ގައި މީހުން މަރުވާ މިންވަރު އިތުރުވަމުންދާތީ ލޮކްޑައުންއަށް ދީފައިވާ ލުއިތައް ބަރުކޮށް ފިޔަވަޅުތައް އަލުން ހަރުކަށި ކުރުމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
އެކަމަށް އިޝާރަތް ކުރައްވައި ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ފެތުރެމުންދާ މިންވަރާއި މަރުވާ މީހުންގެ އަދަދަށް ބަލާއިރު ހަރުކަށި ފިޔަވަޅުތައް އަނެއްކާވެސް އަޅަން ޖެހިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު އޮތޯރިޓީސްތަކަށް ގޮވާލަން އަލުން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށަން، އަދި އެ ފިޔަވަޅުތައް ހަރުކަށިކަމާއެކު ތަންފީޒު ކުރުމަށް." ރައީސް މައުމޫން ކުރެއްވި ޓުވީޓްގައިވެއެވެ
ރައީސް މައުމޫން މިހެން ވިދާޅުވިއިރު މާލޭގެ ލޮކްޑައުންއަށް މިހާރު ވަނީ ވަރަށް ބޮޑު ލުއިތަކެއް ދީފަ އެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ވެސް ހުޅުވާލާފައިވާއިރު އެއްވެސް ހުއްދައަކާ ނުލާ ބޭރުގައި އުޅެވޭއިރު ކެފޭ ރެސްޓޯރެންޓްތައް ވެސް ވަނީ ހުޅުވާލާފައެވެ.
މި ލުއިތައް ދިން ފަހުން އެންމެ ގިނައިން ކޭސްތައް ފެނުނު ދުވަހަކީ އިއްޔެ ކަން ފާހަގަކޮށްލެވެއެވެ.އެގޮތުން އިއްޔެ ވަނީ 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އައިޖީއެމްއެޗްގައި ވެސް ކޮވިޑް ފެތުރި 15 މީހަކަށް ވަނީ ބަލި ޖެހިފައެވެ.
ކޮވިޑް-19 ޖެހިގެން އިއްޔެ އާއި މިއަދު ދުވަސްވީ ދެ މީހަކު މަރުވެފައިވާއިރު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި ދިވެހީންނަކީ މި ބަލީގައި އެންމެ ނުރައްކާތެރުވާ ވަރަށް ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ދާއިމީ ގޮތެއްގައި ބޭސް ފަރުވާ ކުރާ މީހުންކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު