ދިރުވާލައިގެން ރާއްޖެއަށް 227 ބުލެޓް މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާންގެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އެމީހުންގެ ބަންދު އަމުރުތަކުގައިވާގޮތުން އެމީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ޖަހާފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފާކިސްތާނުގެ 4 މީހުންނަކީ މިސްބާހް ބީބީ އާއި ހަވާރް ހުސައިނާއި ޝަހްޒާދު ހުސެއިނާއި ނައީމް ތޯރިގެވެ. މި އެންމެންވެސް ވަނީ ކުށަށް އިއުތިރާފްވެފައެވެ.
މީގެތެރެއިން މިސްބާހް ބީބީ ބޮޑުކަމު ދިޔައިރު ބަރުދަނުގައި 157 ގްރާމްހުރި 10 ބުލެޓް ވަނީ ވެއްޓިފައެވެ. އަދި ނައީމް ތޯރިގް ބޮޑުކަމު ދިޔައިރު ބޭރުވި 75 ބުލެޓްގެ ބަރުދަނުގައި 909 ގްރާމް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމައެއާއެކު 36 އަހަރުގެ ހަވާރް ހުސައިން ބޮޑުކަމު ދިޔައިރު 62 ބުލެޓް ވެއްޓިފައިވާއިރު އެތަކެތީގެ ބަރުދަނުގައި 756.3 ގްރާމް ހުއްޓެވެ. އަދި ޝާހްޒާދް ހުސައިން ބޮޑުކަމު ދިޔައިރު ވެއްޓިފައިވާ 80 ބުލެޓްގެ ބަރުދަނުގައި ހުރީ 1.068 ކިލޯ އެވެ.
ކްރިމިނަކް ކޯޓުން ބުނީ، މިއީ ޖަމާއަތް ހަދައިގެން ކުރަން އުޅުނު ކުށެއް ކަމަށާއި، މި ކަމުގައި ގިނަބަޔަކު ބައިވެރިވެ އަދި މިކަން ކޮށްފައިވާ ގޮތަށް ބަލާއިރު މުޖުތަމައުއަށް ނުރައްކާ އޮތްކަމަށް ބެލެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު