މިއަހަރުގެ ފުރަތަމަ ފަސްމަސް ނިމުނުއިރު 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ މެއިމަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 805،303 ފަތުރުވެރިން އައިސްފައެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައީ 749،114 ފަތުރުވެރިންނެވެ.
މި އަހަރުގެ މި މުއްދަތުގައި، މިދިޔަ އަހަރާ އަޅާބަލާއިރު 15.1 އިންސައްތަ އިތުރަށް ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުންނެވެ.
ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވަރެޖްކޮށް 7.8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.
ރާއްޖެއިން މިއަހަރަށް ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ކިޔުންތެރިންގެ ހިޔާލު