އަޑިއަަށް ދިޔަ ބޯޓު (ފައިލް ފޮޓޯ)
އަޑިއަަށް ދިޔަ ބޯޓު (ފައިލް ފޮޓޯ)
މާލެއިން ފުރައިގެން ހއ. ދޮނަކުޅި އަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް އޭގައި ތިބި ފަސް މީހުން ގެއްލިގެން ހޯދަނިކޮށް އެމީހުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ފަތޮޅު" ނަމަކަށް ކިޔާ ބޯޓުގައި ދަތުކުރީ 5 މީހަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި ބޯޓު ފެތުނީ ކާށިދޫ އުތުރުން ނުވަ މޭލު ބޭރުގައި އޮއްވައި އިންޖީނު ހުއްޓިގެން ކަމަށެވެ. އިންޖީނު ހުއްޓިގެން ރިޕޯޓްކުރީ 12:29 ގައި ކަމަށާއި ބޯޓު އަޑިއަށް ދިޔައީ އަރިއަޅާލައިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މީހުން ހޯދުމުގެ މަސައްކަތުގައި ސީޕްލޭން ވެސް ބޭނުންކޮށްފައިވެއެވެ. ފެތުނު ބޯޓަކީ މުދާ އުފުލުމަށް ހާއްސަކޮށް ރާއްޖޭން ބޭރުގައި ބަނދެގެން ރާއްޖެ ލޮޖިސްޓިކްސް އިން އޮޕަރޭޓްކުރަމުން އަންނަ އުޅަނދެއް ކަމަށް މައުލޫމާތު ލިބެއެވެ.



އެމްއެންޑީއެފުން ބުނީ، ބޯޓުގައި ތިބި މީހުން ކަނޑުވެފައި ތިއްބާ ކޯސްޓްގާޑް ލޯންޗަށް ފެނިގެން 14:20 ގައި ނަގާފައިވާ ކަމަށާއި އެމީހުން މިހާރު މާފިލާފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި އެމީހުންގެ ހާލު ރަގަނޅު ކަމަށާއި، ބޯޓުގައި ތިބީ 4 ދިވެހިންނާއި ބިދޭސީއަކު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ

.

ބޯޓު އަޑިޔަށްދިޔަކަމަށް ބުނާ ސަރަޙައްދުން ބޯޓުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން