ސަރަޙައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މުޅި ރާއްޖެ ތަރައްގީ ކުރަން ބޭނުން ނަމަ ސަރަޙައްދީ އިގްތިސާދީ ނާރެހެއްގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
ރައީސް މިއަދު ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްގެންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ނޭވާ ހިފަހައްޓާފައި ނަމަވެސް އެ މަސައްކަތްތައް ކުރުމުން އަންނަންއޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
“ޖުމްލަ 7000 ޓޫރިސްޓް އެނދުގެ އަމާޒު މިތަނުގައި ޙާޞިލު ކުރުމަށް މިހާރު ހުރަހެއް ނެތް. ޝަންގްރިއްލާ ހަންކެޑެ އޭގެއިތުރަށް އަމިއްލަ ފަރާތްތަކުން ދިގު މުއްދަތަށް ކުއްޔަށް ނަގާފައިވާ ބިންތަށް އޮޕަރޭޝަނަށް ގެނައުމަށް އިރާދަ ކުރެއްވިއްޔާ މިހާރު ދައްޗެއް ނެތް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫގައި އެއާޕޯޓާއި ޓުއަރިޒަމް އެއްފަހަރާ ތަރައްގީ ކުރުމުން އޭގެ ފައިދާ އެތައް ގޮތަކުން ކުރާނެ ކަމަށެވެ. އެގޮތުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް އެންމެބޮޑު ގޮންޖެހުމަށް ހައްލެއް ހޯދުމުގެ ގޮތުން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަދުވަނީ ފަށާފައެވެ.
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އައްޑޫ އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 17 މިލިއަން ޑޮލަރު ޚަރަދު ކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު