ގްރޭޓަރ މާލެ އިމަޖެންސީ ބެކަޕް ޕަވަރ ޕްލާންޓްގެ މަސައްކަތް ނިމިފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އިމަޖެންސީ ޕަވާޕްލާންޓުގެ ޕްރޮޖެކްޓަކީ މިހާތަނަށް އެ ކުންފުނީގެ ތާރީހުގައިވެސް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިންޖީނުތަކެއް ކޮމިޝަންކުރި ފުރަތަމަ ފަހަރު ކަމަށެވެ.

"20.2 މެގަވޮޓްގެ ކެޕޭސިޓީގެ މި ޕަވާޕްލާންޓާއެކު، ގްރޭޓާމާލޭގެ ޕަވަރ ސެކިއުރިޓީ އިތުރަށް ކަށަވަރު ކުރެވިގެންދާނެ" ސްޓެލްކޯއިން މަޢުލޫމާތުދީފައިވެއެވެ.

ހޫނުގަދަ ދުވަސްވަރު މާލޭ ސަރަހައްދުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރަންޖެހޭކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެހެންކަމުން ސްޓެލްކޯގެ މި ބެކަޕް ސިސްޓަމާއެކު މާލޭ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ސްޓެލްކޯގެ އިމަރޖެންސީ ޕަވަރޕްލާންޓް ޤާއިމްކޮށްފައިވަނީ ހުޅުމާލޭގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން