ކޯވިޑް-19 އާއި ގުޅިގެން ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުޅިގެން ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
ރާއްޖެ އިން މިއަދު އިތުރު 23 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ 64 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 07 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މިއަދު ބަލިޖެހުނު 23 މީހުންނާއެކު ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2491 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި 64 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2113 އަށް އަރާފައެވެ. މިވަގުތު ބައްޔަށް ފަރުވާ ކުރަމުންދަނީ 361 މީހުންނެވެ.

މިހާރު އައިސޮލޭޝަންގައި 280 މީހުން ތިބިއިރު ކަރަންޓީންގައި ތިބީ 107 މީހުންނެވެ. މިހާތަަނަށް ކޮވިޑް ބަލީގައި ރާއްޖެ އިން މަރުވެފައިވަނީ 12 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން