ވެލާނާ އެއަރޕޯރޓުގައި މީގެއް ޓެމްޕްރޭޗަރ ބަލަނީ؛ އައު އާންމު އުސޫލުގެ ދަށުން އާންމުން ޚިދުމަތް ހޯދާ ތަންތަނަށް ވަންނަ އިރު ޓެމްޕްރޭޗަރ ބަލަން ޖެހޭ
ވެލާނާ އެއަރޕޯރޓުގައި މީގެއް ޓެމްޕްރޭޗަރ ބަލަނީ؛ އައު އާންމު އުސޫލުގެ ދަށުން އާންމުން ޚިދުމަތް ހޯދާ ތަންތަނަށް ވަންނަ އިރު ޓެމްޕްރޭޗަރ ބަލަން ޖެހޭ
އިއްޔެ އާއި މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ސުކޫލުތަކާއި އޮފީސްތަކުގައި ތިބިކަން ފާހަގަކުރެވިފައިވާ ކަމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެއެވެ.

އެޗުއީއޯސީއިން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިއްޔެ އާއި މިއަދު ޕޮޒިޓިވްވި ފަރާތްތަކާއި ކޮންޓެކްޓްވި ފަރާތްތައް ސުކޫލުތަކާއި އޮފީސްތަކުގައި ތިބިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިދުވަސްވަރު ކޮންމެ މީހަކީ ވެސް ބަލިޖެހިފައިވާ މީހެއް ކަމަށް ގަބޫލުކޮށްގެން ގައިދުރުކުރުމާއިއެކު މާސްކު އެޅުން ކަހަލަ ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"މިއަދުވެސް އިއްޔެ ވެސް ސުކޫލުތައް އޮފީސްތައް ހުޅުވިފައި ހުރިއިރު ބައެއް ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓުންނާ ގުޅާލެވުނިއިރު ތިބީ އޮފީހުގައި ނޫނީ ސުކޫލުގައި. އެހެން ދެންވާނީވެސް އެކަންތައް. މިހެން އޯޕަންކޮށްފައި އޮންނައިރު އެބޭފުޅުން ހަމަ ވަގުތުން ގެއަށް ކަރަންޓީނަށް ވަޑައިގަންނަވަންޖެހޭނީ. އެހެންވީމާ އޮފީސް މާހައުލުގައި ވެސް ސުކޫލު މާހާއުލުގައި ވެސް ފިހާރަ އަށް ބޭރަށް ދާއިރުވެސް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅުއްވައިގެން ތިއްބަވަންވީ. ކޮންއިރަކު ކާކު ކަމެއް ޕޮޒިޓިވްވާނީ އެހެނެއް ނުއެއް އެގޭނެ. ފެންނަމީހުން މަދުވިޔަސް މިބަލި އިތުރުވުމުގެ ފުރުސަތު އޮންނާނެ ފިޔަވަޅުތައް ނޭޅެންޏާ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނިއުނޯމަލްގައި ލުއިތަކެއް ދީފައިވީނަމަވެސް ކުރިން އާންމު ހާލަތުގައި އުޅުނު ގޮތަށް ނޫޅުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ. އައިޖީއެމްއެޗްގެ އިންޓަރނަލް މެޑިސިން ޑޮކްޓަރު މުއާޒު މޫސާ މިރޭ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެން ނުދިޔަ ނަމަވެސް ގުޅުމެއް ނެތް ކޭސްތައް ފެންނަމުންދާތީ އިތުރަށް ސަމާލުވާންޖެހޭ ކަމަށެވެ. ދުވާލެއްްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެން ނުދިޔަ ނަމަވެސް ގުޅުމެއް ނެތް ކޭސްތައް ފެންނާތީ އެކަމުން ދޭހަވެގެންދަނީ ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ކަމަށް ޑރ. މުއާޒް ފާހަގަކުރެއްވިއެވެ.

މިހާރު އެންމެ އިސްކަންދޭން ޖެހޭނީ ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވެ ސާފުކުރުމަށް ކަަމަށާއި އަދި ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އާންމުންގެ ތެރެއަށް ނުނިކުމެ، ފްލޫ ކްލިނަކަކަށް ދެއްކުން ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބައްދަލުކުރާ މީހުންގެ އަދަދު މަދުކުރުން މުހިންމު ކަމަށް ވެސް ޑރ. މުއާޒް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 2،491 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިއަދު އެކަނިވެސް 23 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން