ކޮވިޑް-19 އާއި ގުޅިގެން އަލުން ރާއްޖެ ފުރަބަންދަށް ދިޔުމާއި ނުދިޔުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް މިރޭ ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ އަފްޒަލް ވިދާޅުވީ، މިހާރު ބަލިޖެހިފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ބަލީގެ އަލާމަތެއް ނުފެންނަ ކަމަށެވެ. ކޮވިޑް ބަލިޖެހޭ މީހުންގެ ތެރެއިން އަލާމަތް ފެންނަނީ 40 އިންސައްތަ މީހުންގެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
ފުރަބަންދަށް ދިން ލުއިތަކާއެކު ފެންނަ ޕޮޒިޓިވް ކޭސްތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަން ފާހަގަ ކުރެވުނު ނަމަވެސް އެ ކޭސްތަކުގެ ތެރެއިން އެއްވެސް ކްލަސްޓާއަކާއި ގުޅުން ނެތް ޕޮޒިޓިވް ކޭސްތަކުގެ ޢަދަދު ހުރީ 30 އިންސައްތައާއި 40 އިންސައްތަ އާއި ދެމެދުގައި ކަމަށް ޑޮކްޓަރ އަފްޒަލް ވިދާޅުވިއެވެ.
"އެދުވަހެއްގަ ފެންނަ ކޭސަސްއަށް ބަލާއިރު ނޮން ލިންކް (ކްލަސްޓާއަކާއި ގުޅުން ނެތް) ކޭސްތަކުގެ ނިސްބަތް ޖޫންގެ ފަހުކޮޅުން ފެށިގެން ޖުލައިގެ މިހާތަނަށް ބަލާލާއިރު ގާތްގަނޑަކަށް 30 ޕަސެންޓާއި 40 ޕަސެންޓާއި ދެމެދުގައި ހިފެހެއްޓިފަ މިހުންނަނީ. މިއީ ބަލާލެވިދާނެ ތަންކޮޅެއް ގިނަކަމަށް." ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަލީގެ އަލާމަތްތައް ފެނިގެން ފުލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ނިސްބަތުން އަންހެނުންނަށްވުރެ ގިނައީ ފިރިހެނުން ކަމަށެވެ. އޭގެތެރެއިން ތިން ބައިކުޅަ ދެބައި އެއީ ފިރިހެނުން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އުމުރު ފުރާ ކެޓަގަރީ އަށް ބަލާއިރު ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ 5 އަހަރުން ދަށުގެ ކުދިން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެއާ ގާތް ކުރަނީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށާއި 3 ވަނަ ކެޓަގަރީގައި ހިމެނެނީ 65 އަހަރުން މަތީގެ މީހުން ކަމަށް އަފްޒަލް ވިދާޅުވިއެވެ.
ފުރަބަންދުގެ ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ ޕޮޒިޓިވް ކޭސްތައް ގިނަވަމުންގޮސް ޙާލަތު އިތުރަށް ގޯސްވާނަމަ އަލުން ފުރަބަންދަށް ދާންޖެހުމަކީ އެކަށީގެންވާކަމެއްކަމަށް ހެލްތު މިނިސްޓަރ ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު