ވައިގެ މަގުން ރާއްޖެއަށް 10 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ޕާކިސްތާނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މަސްތުވާތަކެތި އަތުލައިގަތީ ޕާކިސްތާނުގެ ފައިސަލް އާބާދުންް ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 25 އަހަރުގެ ހަމްޒާ ނައީމާމެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރޭގައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ ހަމްޒާ ރާއްޖެ އަންނަން ބުކިން ހެދީ އެހެން މީހެއްގެ ނަމުގައި ކަމަށެވެ. ހަމްޒާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ހަމްޒާގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަސްޓަމުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު