ދަޢުލަތަށް 43 އަހަރަށްވުރެ ގިނަދުވަހު، އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ސ. ހިތަދޫ ބީޗްވިލާ މުޙައްމަދު އިބްރާހީމްދީދީ އަވަހާރަވެއްޖެއެވެ.
މުޙައްމަދު އިބްރާހިމް ދީދީ އަކީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީގެ ބައްޕާފުޅެވެ. ޢުމުރުފުޅުން 86 އަހަރުފުޅުގައި މުޙައްމަދު އިބްރާހިމް ދީދީ އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މުހައްމަދު އިބްރާހިމް ދީދީއަށް ވަނީ 2021 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގަންފަ އެވެ.
މަދްރަސަތުއްސަނިއްޔާއިން ތަޢުލީމު ހާސިލުކުރެއްވި މުޙައްމަދު އިބްރާހީމްދީދީއަކީ، އައްޑުއަތޮޅުގެ ތަރައްޤީއަށް، ޚާއްޞަކޮށް ހިތަދޫގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. 1964 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު އައްޑުއަތޮޅު ހިތަދޫ ކުޑަކަތީބުގެ މަގާމާ ހަވާލުވެވަޑައިގެން ސަރުކާރު ޚިދުމަތަށް ނުކުމެވަޑައިގެންނެވީ މުޙައްމަދު އިބްރާހީމްދީދީގެ ޒުވާން އުމުރުފުޅުގައެވެ.
މުޙައްމަދު އިބްރާހީމްދީދީއަކީ، ހިތަދޫ ކަތީބުކަމާއި، ހިތަދޫ ބޮޑުކަތީބުކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އައްޑުއަތޮޅު އަތޮޅުވެރިކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އޭގެ ފަހުން، ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާކަމާއި، ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.
ހިތަދޫ ގައުކެޑިއާއި ހަންކެޑެ ގުޅައިލުމަށް އެޅުއްވި ފާލަމަކީ، ކުޑަކަތީބުގެ މަގާމުގައި ހުންނަވައިގެން، މުޙައްމަދު އިބްރާހީމްދީދީގެ ސީދާ ބެއްލެވުމާއި ބައިވެރިވެވަޑައިގަތުން އޮވެގެން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ.
އައްޑުއަތޮޅުގައި ސަރުކާރުން އޭރު ހިންގެވި ޢުމްރާނީ، އިޤްތިޞާދީ، ތަޢުލީމީ މަޝްރޫޢުތަކުގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުޙައްމަދު އިބްރާހީމްދީދީ ބައިވެރިވެވަޑައިގެންނެވިއެވެ. ހިތަދޫ ބޮޑުކަތީބުކަމުގައި ހުންނެވިއިރު، ހިތަދޫގައި ޤާއިމު ކުރެވުނު ސ.އަތޮޅު ތަޢުލީމީ މަރުކަޒު ބިނާކުރެވިގެން ދިޔައީ، މުޙައްމަދު އިބްރާހީމްދީދީގެ މިންނެތް މަސައްކަތްޕުޅުންނެވެ. އަދި އައްޑުއަތޮޅުގައި ސަދަން ސެކަންޑްރީ ސްކޫލް ބިނާކުރެވުނީވެސް، މުޙައްމަދު އިބްރާހީމްދީދީގެ އަތޮޅުވެރިކަމުގައެވެ.
މުޙައްމަދު އިބްރާހީމްދީދީ، ހިތަދޫގެ ވެރިކަމުގެ މަގާމުތަކުގައްޔާއި، އައްޑުއަތޮޅު އަތޮޅުވެރިކަމުގައި ހުންނަވައިގެން ކުރެއްވި ފާހަގަކޮށްލެވޭ އެހެނިހެން މަސައްކަތްތަކުގެ ތެރޭގައި، ރަށުގެ އަމަންއަމާންކަން ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގައި ހިނގާ ކަންކަން، އެ ރަށްރަށަށް ވަޑައިގެން ގާތުން ބައްލަވައި، އިދާރީ ހިންގުން ހަރުދަނާ ކުރެއްވުމަށް އިރުޝާދު ދެއްވުމާއި، ރަށްރަށުގައި ހިނގާ މައްސަލަތައް ތަޙުޤީޤު ކުރެއްވުމަށް ރަށްރަށުގެ ވެރީންނަށް ތަމްރީނު ދެއްވުމުގެ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ.
އައްޑުއަތޮޅަށްކުރި ބޮޑުވިއްސާރައިގެ ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭންޖެހުނު މީހުންނަށް އެހީތެރިވެދެއްވުމާއި، ޤައުމީ މުނާސަބަތުތައް ފާހަގަކުރުމަށް ރަށްރަށުގެ ރައްޔިތުންނަށް ހިތްވަރު ދެއްވައި އެ ދުވަސްތައް ފާހަގަކުރުވުންފަދަ ކަންކަމަކީ، މުޙައްމަދު އިބްރާހީމް ދީދީގެ ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމެވެ. އައްޑުއަތޮޅުގައި ބޭއްވި އަތޮޅުވެރީންގެ ބައްދަލުވުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމުގައިވެސް ޢަމަލީ ގޮތުން މުހިއްމު ދައުރެއް މުޙައްމަދު އިބްރާހީމްދީދީ އަދާކުރެއްވިއެވެ.
ސަރުކާރުން ހުޅުމީދޫގައި ޤާއިމުކުރެއްވި ޞިއްޙީ މަރުކަޒު ބިނާކުރެއްވުމުގައްޔާއި، އައްޑުއަތޮޅުގެ ރަށްރަށް ސާފުތާހިރުކޮށް ބޭއްވުމުގެގޮތުން ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ރަށްގިރުމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމާއި، ރަށްރަށް ފެހިކުރުމުގެގޮތުންނާއި، ހުސްބިންތަކުގައި ރުއްގަސް އިންދުމާއި، އައްޑުއަތޮޅުގެ ބޮޑެތި ރަށްރަށުގެ މަގުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގެވުންފަދަ ކަންތައްތަކަކީ، މުޙައްމަދު އިބްރާހީމްދީދީ އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތަކެވެ. ދަތުރުފަތުރުގެ ފަސޭހައަށް، ގަމާއި، ފޭދޫ އެއްގަމުން ގުޅާލުމުގެ މަސައްކަތާއި، ރަށްރަށުގައި ކުޅިވަރުތައް ކުޅުމުގެ އިންތިޒާމުތަކާއި، ދަނޑުވެރިކަން ކުރެވޭނޭ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމުގައިވެސް، މުޙައްމަދު އިބްރާހީމްދީދީ އިސް ދައުރެއް އަދާކުރެއްވިއެވެ.
ރަސް އޮންލައިން ޓީމުގެ ފަރާތުން އަލްމަރުޙޫމް މުޙައްމަދު އިބްރާހީމްދީދީގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމެވެ. އަދި އެމަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު