އެޗްޑީސީ މައި އިދާރާ ހިނގަމުންދާ އިމާރާތް
އެޗްޑީސީ މައި އިދާރާ ހިނގަމުންދާ އިމާރާތް
ދިވެހިރާއްޖޭގެ މާލީ ވުޒާރާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތްކުރަމުންދާ ކުންފުނި، ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް 22.8 މިލިއަން ޑޮަލަރު ދިނުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އާބިޓްރޭޝަނުން އަންގައިފިއެވެ.

އާބިޓްރޭޝަނުން މިގޮތަށް ނިންމުމާއި ގުޅިގެން އެފައިސާ ހޯދުމުގައި މެލޭޝިޔާގެ ޚާރިޖީވުޒާރާގެ އެހީތެރިކަމަށް އުކުންފުނިން މިހާރު އެދިފައި ވާކަމަށްވެސް އެޤައުމުގެ ބައެއް މީޑިޔާތަކުން އެކުންފުންޏާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފައެވެ. އެކުންފުނިން ބުނެފައިވަނީ ހުޅުމާލޭގައި 25 ފަންގިފިލާގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ފަށައި އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބިވާތާ މިހާތަނަށް 2 އަހަރު ވެއްޖެ ކަމަށެވެ.

އެގޮތުން 2018 ވަނަ އަހަރުގެ މޭ މަހުގައި ފޮނުވި އިންވޮއިސްތަކަށް ފައިސާ ލިބިފައި ނެތް ކަމުގައި އެކުންފުނިން ބުނެ އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް މާލީ ދަތިތަކެއް މެދުވެރިވެގެން ފައިސާ ނުދެއްކި ލަސްވާން ފެށުމުން މެލޭޝިޔާ ކުންފުނިން އޭޝިޔަން އިންޓަނޭޝަނަލް އާބިޓަރޭޝަން ސެންޓަރަށް އެމައްސަލަ ހުށަހެޅީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ.

މިމައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ނިންމާފައިވަނީ ޖުލައި 5 ވަނަ ދުވަހު ކަމަށް އެނގިފައިވެއެވެ. މިމައްސަލަ ބެއްލެވި ފަރާތުން ނިންމަވާފައިވަނީ އެޗްޑީސީއަށް މެލޭޝިޔާގެ ކުންފުނިން 2018 ވަނަ އަހަރު ފޮނުވި އިންވޮއިސްތަކަށް ފައިސާ ދައްކަން ޖެހޭ ކަމުގައެވެ. އެގޮތުން ދައްކަން ޖެހޭ މިންވަރަކީ 22،823،432.68 ޑޮލަރު ކަމަށްވެސް އޭނާ ވަނީ ނިއްމަވާފައެވެ. އެއީ ގާތްގަނޑަކަށް 343 މިލިއަން ދިވެހި ރުފިޔާއެވެ.

މިފައިސާ އެޗްޑީސީން ދެއްކުމަށް އަމުރުކޮށްފައިވަނީ 7 ދުވަހުގެ ތެރޭގައެވެ. މިފައިސާ ދައްކާއިރު 6.5 އިންސައްތައި ގެ އިންޓަރެސްޓުވެސް ދެއްކުމަށް ޙުކުމްކޮށްފައިވެއެވެ.

މިމައްސަލާގައި ބުނެފައިވަނީ މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚު 2018 ވަނަ އަހަރުން 2019 ވަނަ އަހަރަށް އަދި މިހިނގާ 2020 ވަނަ އަހަރަށް ފަސްކޮށްފައިވަނީ ދިވެހި ސަރުކާރަށް އެކަމުގެ ފައިސާ ހޯދުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ފީކަށި

08-Jul-2020

އަދިވެސް ކިޔާ ޔާމީނުސަރުކާރުގާ ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ވީ ގެއްލުމެއް ނޫނޭ ވީފައިދާއޭ ބަލާ މީރާ އެހުރިކޮށީގައިހުރިއިމާރާތްތަށް އެހުރިތަނުން ތަޅާ ބިމާ ހަމަކޮށްލާފައި ސަރުކާރުން ތަން ތަން ކުއްޔަށް ނަގައިގެން އިތުރަށް ފައިސާ ގެއްލުން ވާ އިރުވެސް މި ކިޔަނީ ޔާމީނުސަރުކާރުގާ ކުރިކަން ކަމުން އަހަރުމެން ގެ ދަރީން ދަރީންނަށް ވެސް ފައިދާ އޮހެމުންނޯމިދަނީ



ޓްރެންޑިން