ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ބަންގްލަދޭޝް ރައްޔިތުންގެ ހަމަނުޖެހުމާ ހުރެ ފަތުރުވެރިން އަންނަން ދެކޮޅު ހަދާ ދަރަޖައަށް ކަންކަން ދިޔަ ނުދީ ހުއްޓުވައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ރީކޯ މޫސަ މިފަދައިން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ ގެންގުޅެމުންދާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. މުސާރަ ނުލިބޭ މައްސަލައިގައި ބަނގްލަދޭޝްގެ ބައެއް މުވައްޒަފުން ދަނީ މަސައްކަތް ހުއްޓާލައި މުޒާހަރާ ކުރަމުންނެވެ. ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވަނީ، 47 އަހަރަށް ފަހު ފަތުރުވެރިކަަން މުޅިން ހުއްޓި މިގައުމު ދަތި ހާލުގައި އޮއްވާ، އަލުން ދުނިޔެއަށް ގައުމު ހުޅުވާލާއިރު "ބަންގާޅީންގެ" ތަޅާފޮޅުމާއި ހަމަނުޖެހުމާއި ހުރެ ފަތުރުވެރިން ރާއްޖެ އައުމަށް ދެކޮޅު ހަދާވަރަށް މިކަން ދިޔަ ނުދީ ހުއްޓުވުމަށް ފުލުހުންނަށް ގޮވާލައްވާ ފައެވެ.





ބިދޭސީ މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދޭ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި މި ފަހަކަށް އައިސް މިފަދަ މައްސަލަތައް ފެންމަތިވެފައި މިވަނީ މުސާރަ ނުދޭތީ ބިދޭސީން އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގާން ފެށުމުންކަން ފާހަގަ ކޮށްލެވެއެވެ.

އެފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އައީ މުސާރައިގެ މައްސަލައިގައި ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންތަކެއް ނުކުމެ އެރަށުގައި މަސައްކަތްކުރާ ދިވެހިންގެ ބަޔަކު ރަހީނުކޮށް ހަމަނުޖެހުން ހިންގި ހިސާބުން ފެށިގެންނެވެ. އެހާދިސާގައި ރަހީނު ކުރި ދިވެހީން ސަލާމަތް ކުރީ މާލެއިން ފުލުހުންގެ ޚާއްޞަ ޓީމެއް އެރަށަށް ފޮނުވައިގެންނެވެ.

ހުޅުމާލޭގައި އިއްޔެ ވަނީ މުސާރައިގެ މައްސަލައިގައި ބިދޭސިންގެ ބަޔަކު އިހުތިޖާޖުކޮށް އަޑު އުފުލާފައެވެ. އިހުތިޖާޖު ކުރި މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުން ތަކުގައިވެސް ހަމަނުޖެހުން ތަކެއް ހިނގާފައި ވެއެވެ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ވެސް ފުލުހުންނާއި ކުރިމަތިލައި ފުލުހުންގެ ބަޔަކަށް އަނިޔާވެސް ވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން