ފެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
ފެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
ވ.ފުލިދޫ ގިރަައި ރަށުގެ ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅިގެން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހަޅުއްވީ ފެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފަޒުލްގެ ޤަރާރުގައި ބުނެފައިވަނީ ފުލިދޫ އާދަޔާއި ޚިލާޔަށް ގިރަމުން ދިއުމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓިފައިވާކަމަށެވެ. މިކަމުގެ ސަބަބުން ފުލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށެވެ.

"ބޯޅަދަނޑު ވަށާފާރާއި ހަމަޔަށް ގިރައި ފަތުރުވެރިންގެ ބީޗް ވަނީ ގިރައިގެން ގޮސްފަ. މިކަމުގެ ސަބަބުން ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ގެސްޓް ހައުސްތަކަށް ނޭދެވޭ އަސަރުދަނީ ކުރިމަތިވަމުން. ރަށުގެ ފާލަމުގެ ބުޑުތައް ޖަހާފައިވާ ގޮތުން އެފާލަން ބޭނުންނުކުރެވޭ. އަލަށް ހެދި ފާލަންވެސް އަރިއަޅާލައި، ރައްޔިތުންނާއި ފަތުރުވެރިންނަށް ވަނީ ބިރުވެރިކަން ކުރިމަތިވެފަ." ފަޒުލްގެ ޤަރާރުގައި ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފުލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ.

މިދުވަސް ވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާ ދުވަސްވަރަކަށްވުމުން، ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށަށް ދަނީ އުދައަރަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާއިއެކު ރަށްގިރުމުގެ ސަބަބުން ރަށްރަށުގެ ތިމާވެއްޓަށާއި، އާންމު ރައްޔިތުންނަށް ދަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން