އިދިކޮޅުން ބޮޑު ޖަލްސާއެއް ބޭއްވުމަށް ރޭ އިޢުލާން ކުރުމާއެކު ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުމެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިރޭ 20:30 އިން 22:30 އަށް ޖަމާލުއްދީން ސްކޫލުގައި ބާއްވާ މިބައްދަލުވުން ބާއްވަނީ ކޮން ސަބަބަކާއި ހުރެގެންކަމެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ. އަދި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. ކޯވިޑް-19 އާއި ގުޅިގެން އެއްވުންތަކާއި ބައްދަލުވުންތައް ނުބޭއްވުމަށް އެޗްޕީއޭއިން އަންގާފައިވާ އެންގުމަށް ލުއިދިނުމާއި ގުޅިގެން ގައިދުރުކޮށް މިފަދަ ބައްދަލުވުންތައް ސިޔާސީ އެކި ޕާޓީތަކުން ދަނީ ބާއްވަމުނެވެ.

އިދިކޮޅު ސަރުކާރަށް ޕްރެޝަރުކުރުމަށްޓަކައި ތަފާތުއެކި މަސައްކަތްތައްކޮށް، އިޙްތިޖާޖުކުރާނޭކަމަށް ވަނީ އިއުލާންކޮށްފައެވެ. މިމަސައްކަތް ފެށުމުގެ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ޚާއްސަ ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ނިންމާފައެވެ.

ސަރުކާރަށް ޕްރެޝަރު ކުރުމުގެ މަސައްކަތް އިދިކޮޅުން ކުރަމުންދާއިރު، ސަރުކާރު ހިންގާ މައިޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ. އެގޮތުން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުގެ ފެކްޝަން އުފެދި ބައިބައިވުން ފެންނަކަމަށް އިދިޅުން ދަނީ ތުހުމަތު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން