ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި އެސްއޯއެފްގެ މައްސަލަ ބަލަމުންދާކަމުގެ ޔަގީކަން ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ ދެއްވާފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ޕީޖީ ޝަމީމާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކުރި މައްސަލާގައި އެކުންފުނީގެ މައްސަލަ ބަލަމުން ނުދޭތޯ ސުވާލުކުރުމުން ޕީޖީވަނީ އެމައްސަލަ ބަލަމުންދާކަަމަށް ވިދާޅުވެފައިކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި ޕީޖީއަށް ސިޔާސީ އެއްވެސް ނުފޫޒެއް އޮތްތޯ ދެންނެވުމުން، އޭނާއަށް އެފަދަ އެއްވެސް ޕްރެޝަރެއް ނުވަތަ ނުފޫޒެއް ނެތްކަަމަށް ވިދާޅުވެފައިވާކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ. އަދި އެފަދަ ޕްރެޝަރެއް ކުރިމަތިކުރުވާ ދުވަހަކުން އެމަޤާމުގައި ނުހުންނަވާނެކަމުގެ ޔަގީންކަން ޝަމީމް ދެއްވާފައިވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"އެއްވެސް ބައެއްގެ ޕްރެޝަރެއް އޮތްކަމަށް އަޅުގަނޑުމެން އެހިން. އަދި ބައެއް މައްސަލަތައް ރާސް ރާސްލާފަ ކުރިއަށްދާއިރު ދެންހުރި މައްސަލަތައް ނުދަނީ ކީއްވެތޯ އެހިން. ދެންނެވީއެއީ ސިސްޓަމަށް ގެނައި ބަދަލުގެ ސަބަބުން މިހާރު މައްސަލަ ހުށަހެޅޭތާ 3 ދުވަސް ތެރޭގައި ޕްރޮސަސްވާނެކަމަށް. ވަރަށް ސާފުކޮށް ވިދާޅުވި ސިޔާސީ އެއްވެސް ޕްރެޝަރެއް ނެތްކަަމަށް. އެފަދަ ކަމެއް ކުރިމަތިވާ ދުވަހަކު މަޤާމުގައި ނުހުންނަވާނެކަމަށް ވިދާޅުވި." އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުުމުގައި ރައީސް ޔާމީންނަށް ޖަލުގައި ދެމުންދާ އަނިޔާތަކާއި، ނުހައްގުން ބަންދުކޮށްފައިވާކަމަށް ދަންނަވާފައިވާނެކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެފައި ވެއެވެ.
މީގެއިތުރުން ޖިންސީ ގޯނާއާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ރޭޕާއި، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ނުބެލި ލަސްވާ ސަބަބު އޮޅުންފިލުވާފައިވާނެކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ލީޑާރޝިޕް ބޭފުޅުންނާއި، މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މިބައްދަލުވުމަކީ އިދިކޮޅު ކޯލިޝަނުން ޕީޖީއާއި ބައްދަލުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު